ޚަބަރު
ސައިފުގެ އުފަންދުވަސް ފާހަގަކުރުން މިފަހަރު ރާއްޖޭގައި

މަޝްހޫރު ހިންދީ ބޮލީވުޑްގެ ތަރި ސާއިފް އަލީ ޚާން އޭނާގެ އުފަންދުވަސް ފާހަގަކުރުމަށް ނިންމާފައި ވަނީ ދިވެހިރާއްޖޭގައެވެ.

އުފަންދުވަސް ފާހަގަ ކުރުމަށް ސާއިފް ދިވެހިރާއްޖެއަށް އައިސްފައިވަނީ އަނބިމީހާ ކަރީނާ ކަޕޫރު ޚާން އާ ދަރިފުޅު ތައިމޫރު އަލީ ޚާންގެ އިތުރުން ޖޭ އަލީ ޚާން އާއެކުއެވެ.

ސާއިފުގެ އުފަންދުވަސް، މާދަމާ ފާހަގަކުރުމަށް ތައްޔާރުވަމުން އަންނައިރު، މިއަހަރު ސާއިފް އަށް 51، އަހަރު ފުރެއެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ދަތުރުގައި ސާރާ އަލީ ޚާން، އިބްރާހިމް އަލީ ޚާންގެ އިތުރުން ސައިފްގެ ކޮއްކޮ ސޯހާ އަލީ ޚާން އާއި އޭނާގެ ފިރިމީހާ ކުނާލް ކޭމޫ ވެސް ބައިވެރިވެއެވެ. މި ދަތުރަކީ، ކަރީނާ ހަނގު ދަރިފުޅު ޖޭ ލިބުނު ފަހުން ކަރީނާ އާ ސައިފް އިންޑިއާއިން ބޭރަށް ކުރާ ފުރަތަމަ ދަތުރެވެ.

ބަތަލާ ކަރީނާ އާ ސައިފް ވަނީ މީގެ ކުރިން 2018 ވަނަ އަހަރު ވަނީ ރާއްޖެއައިސްފައެވެ. ރާއްޖެއަކީ ބޮލީވުޑުގެ ތަރިންގެ މެދުގައި ޗުއްޓީ ހޭދަކޮށްލަން އަންނަން މަގްބޫލު މަންޒިލެކެވެ. އަދި އިންޑިއާއަކީ މިފަހުން އައިސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް މަންޒިލްވެސްމެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!