ޚަބަރު
އިސްލާމީ އިލްމުން ދިވެހި އިމާމުންނަށް ޕީއެޗްޑީ ޕްރޮގްރާމެއް ފަށަނީ

އިސްލާމީ އިލްމުގެ ދާއިރާއަކުން މާސްޓާ ހާސިލްކޮށްފައިވާ އިމާމުންނަށް ރާއްޖެއިން ބޭރުން ޕީއެޗްޑީ ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޝްރޫއެއް ފެށުމަށާއި މިސްރާއި ސައުދީ އަރަބިއްޔާއާއި މެލޭޝިޔާއާއި ބުރޫނާއި އަދި އިންޑޮނީޝިއާ އިން ތަމްރީނުގެ ފުރުސަތު އިމާމުންނަށް ހޯދައިދެއްވާނެ ތައްޔާރުވެއްޖެ އެެވެ.

މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އެކްސްގައި ވިދާޅުވީ ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންގެ ތެރެއިން އިސްލާމީ އިލްމުގެ ދާއިރާއަކުން މާސްޓަ ހާސިލްކޮށްފައިވާ ފަރާތްތަކަށް ބޭރުގެ ޔުނިވަސިޓީ އަކުން ޕީއެޗްޑީ ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޝްރޫއެއް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ.

ޑރ ޝަހިމް އިސްލާމިކް މިނިސްޓަރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އިއްޔެވެސް ވަނީ މުހިއްމު ނިންމުންތަކެއް ނިންމަވާފަ އެވެ. އޭގެތެރޭގައި ފަތުވާ ކައުންސިލް އިތުރަށް ތަރައްގީކުރުމާއި އިސްލާމިކް ސްޓޫޑިއޯ ޓީވީ ސްޓޭޝަނަކަށް ބަދަލުކުރުމާއި، ގުރުއާނާއި ބެހޭ މަރުކަޒު އިތުރަށް ތަރައްގީ ކުރުމާއި ޒަކާތުގެ ފަންޑު އިތުރަށް ތަރައްގީކޮށް ޒަކާތު ހައުސް އުފައްދަވާނެ ކަމަށް އިއުލާންކުރެއްވި އެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަދާފައިވާ އަދި ހަދަމުންދާ އިސްލާމީ މަރުކަޒުތަކުގެ މިހާރަށް ވުރެ ބޮޑަށް ރައްޔިތުންނަށް ބޭނުންކުރެވޭ ތަންތަނުގައި ގޮތުގައި ހެދުމާއި އައުގާފުތައް އިތުރުކޮށް މިސްކިތު ފަނޑު ތަރައްގީ ކުރުމުގެ އިތުރުން ހައްޖު ފަންޑު ތަރައްގީކުރުމަށްވެސް ނިންމެވި އެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި ޒުވާން ޖީލަށް އިސްލާމީ ތަރުބިއްޔަތު ދިނުމަކީވެސް ކުރިއަށް ފަސް އަހަރުގެ ޕްލޭންގައި ހިމެނުއްވި ކަމެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!