ޚަބަރު
އެމްއެންޔޫގެ ޗާންސެލަރަކަށް ޑރ މަހްމޫދު ޝައުގީ އައްޔަނުކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގެ ޗާންސެލަރަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަހްމޫދު ޝައުގީ އައްޔަން ކުރައްވައިފިއެވެ.

އެމްއެންޔޫގެ ޗާންސެލަރަކަށް މަހްމޫދު ޝައުގީ އައްޔަން ކުރައްވާފައި ވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރައްވައި އެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ވަނީ ދެއްވައިފައެވެ.

މި ރަސްމިއްޔާތުގައި ޔުނިވަސިޓީގެ އިސް މަގާމުތަކަށް ވެސް ވަނީ ބޭފުޅުން ޢައްޔަން ކުރައްވައިފައެވެ.

އެމްއެންޔޫގެ ޗާންސެލަރަކަށް ޝައުގީ އައްޔަން ކުރެއްވި އިރު، އެ ޔުނިވަސިޓީގެ ވައިސް ޗާންސެލަރަކަށް އައްޔަން ކުރެއްވީ މާފަންނު އެމޭޒަން ޑޮކްޓަރު އައިޝަތު ޝެހެނާޒު އާދަމެވެ. އަދި ރާއްޖޭގެ އިސްލާމީ ޔުނިވަސިޓީގެ ވައިސް ޗާންސެލަރަކަށް އައްޔަން ކުރެއްވީ ދީނީ އިލްމުވެރިޔާ ޑރ. އަލީ ޒާހިރެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރުން ފެންވަރުގައި ބައެއް ބޭފުޅުން މަގާމުތަކަށް އައްޔަން ކުރެއްވިއެވެ.

އެއީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ތިލަދުންމަތީ އުތުރުބުރި ވަށަފަރު ބްލޫހައުސް މުހައްމަދު ވަހީދު ހަސަން، ނޭޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ ހިންގަވާ އިސް ބޭފުޅެއްގެ ގޮތުގައި، މިނިސްޓަ އޮފް ސްޓޭޓް ފޯ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ކަމަށް، މައްޗަންގޮޅި ބޮޑުދަހަރާގެ ޑޮކްޓަރ މުޙައްމަދު ކިނާނަތުއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!