ޚަބަރު
ޕޮލިސް އެކަޑަމީގެ މަޝްރޫއު ދިވެހި ކުންފުންޏަކާއި ހަވާލު ނުކުރާތީ (މަސީ) އިން ކަންބޮޑުވުން ފާޅުކޮށްފި

ދިވެހި ފުލުހުން ހިންގާ އެންމެ ބޮޑު މަޝްރޫއު ދިވެހި ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ނުގެންދާތީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ)އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފުލުހުންގެ ބޮޑު މަޝްރޫއަށް ރާއްޖެއިން އެކަށީގެންވާ އަދަދަކަށް ކޮންސްޓްރަކްޝަން މަސައްކަތްތެރިން ނުލިބިދާނެ ގަބޫލުކުރާ ކަމަށާއި، ނަމަވެސް އިންޑިއާގެ ބޮޑު ކުންފުންޏަކާއި، ހަވާލުކޮށްގެން އެ މަޝްރޫއު ހިންގުމާއި ރާއްޖޭގެ ކުންފުންޏަކާއި ހަވާލުކޮށްގެން ވަކި އުސޫލެއްގެ ދަށުން ބޭރު މީހުން ގެނައުމާ ތަފާތު އެބަހުރި ކަމަށް މަސީގެ ނާއިބު ރައީސް އަދުނާން ހަލީމް ވިދާޅުވިއެެވެ.

މި މަޝްރޫއަށް 500 މަސައްކަތު މީހުންނާއި 100 އިންޖިނިއަރުން އިންޑިއާއިން ރާއްޖެ ގެންނަން ނިންމައިފައި ވާއިރު ދިވެހި ކުންފުނިތައް މަސައްކަތް ކުރާއިރު ބޭރު މީހުން ގެންނާނީ އެއް ގައުމަކުން ނޫން ކަމަށާއި އަދި ކޯޓާއެއް ހޯދައިގެން ވަކި އަދަދަށް ކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެން ނަމަވެސް ފުލުހުންގެ މަޝްރޫއަށް މީހުން ގެންނަން ނިންމާފައިވަނީ އިންޑިއާއިން އެކަނި ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

2 އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލު ކުރެވުނު މި މަޝްރޫއުގެ ދަށުން ދޫނިދޫގައި ކަސްޓޯޑިއަލް ފެސިލިޓީ އެއް އިމާރާތް ކުރުމާއި މިހާރުވެސް ދޫނިދޫގައި ބޭނުންކުރަމުންދާ ދެ އިމާރާތެއް އުމްރާނީ ގޮތުން އިތުރަށް ތަރައްގީ ކުރާނެ އެވެ. އަދި އަތޮޅު ތެރޭގެ ރަށްރަށުގައި 23 ޕޮލިސް ސްޓޭޝަނާއި 21 ޕޮލިސް ޕޯސްޓްގެ އިތުރުން 8 އަތޮޅު ޕޮލިސް ސްޓޭޝަން މި މަޝްރޫއުގެ ދަށުން އިމާރާތް ކުރާނެއެވެ.

މީގެ އިތުރުން މާލޭގައި އިމާރާތް ކުރާ ޕޮލިސް ސްޓޭޝަނަކާއި ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނާއި ހަތަރު އެކޮމޮޑޭޝަން އިމާރާތް މިމަޝްރޫއުގައި ހިމެނެ އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!