އީރާނުން ތިބީ ދޫދޭގޮތަކަށް ނޫން، އެމެރިކާއަށް ފަހުގެ އިންޒާރުދީފި
ޚަބަރު
ޅަދަރިމައިންނަށް، ވަޒީފާ އަދާކުރުމުގައި ލުއިކުރުމަށް ކޮމިޝަނުން އަންގައިފި!

ޅަދަރިމައިވުމުގެ ސަބަބުން ކަނޑައެޅިފައިވާ ގަޑިތަކަށް އޮފީހަށް ނުކުމެ އުޅުމުގައި އުނދަގޫވާ ސިވިލް ސާވިސް މުވައްޒަފުންނަށް ފަސޭހައިން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ނިންމައިފިއެވެ.

އެގޮތުން ސީއެސްސީން މިއަދު ސަރުކާރުގެ އޮފީސްތަކަށް ފޮނުވި ސާކިއުލާއެއްގައި ވިދާޅުވީ ޅަދަރިމައިވުމުގެ ސަބަބުން ކަނޑައެޅިފައިވާ ގަޑިތަކަށް އޮފީހަށް ނުކުމެ އުޅުމުގައި ދަތި އުނދަގޫވާ މުވައްޒަފުންނަށް “ފްލެކްސިބަލްކޮށް” މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސިވިލް ސާވިސް އިދާރާތަކުގެ މެދުގައި ހަމަހަމަ އުސޫލަކުން އަމަލު .ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ހަމަ އެހެންމެ ޅަދަރި މައިންނަށް ލުއި ގޮތްތައް ހަމަޖައްސައިދޭނެ އެންމެ ދިގު މުއްދަތަކީ ދަރިފުޅަށް 24 މަސް ފުރުމާ ހަމައަށް ކަމަށްވެސް ސީއެސްސީން ވިދާޅުވެފައި ވެއެވެ.

އެ މުވައްޒަފުންނަށް ފަސޭހައިން މަސައްކަތް ކުރެވޭނެ ވަގުތުތައް ކަނޑައަޅަން ވާނީ އިދާރާގެ މަސައްކަތަށް ދަތި ނުވާނެ ގޮތުގެ މަތިން އެ މުވައްޒަފެއްގެ މަސައްކަތުގެ ވަގުތުގެ ދެބައިކުޅަ އެއްބަޔަށް ވުރެ މަދު ނުވާނެ ގޮތުގެ މަތިން ކަމަށްވެސް ސީއެސްސީން ހާމަ ކުރެއެވެ.

އެހެން ނަމަވެސް، އެ މުއްދަތުގައި އެއްވެސް މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތްތައް އުނިކޮށްގެން ނުވާނެ ކަމަށް ވެސް ސީއެސްސީން ވިދާޅުވެފައި ވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!