ޚަބަރު
ފަތުރުވެރިކަމުން ލިބޭ އާމްދަނީ 6 ބިލިއަން ރުފިޔާއަށް ހެދުމަކީ އެންމެ ބޮޑު އަމާޒު: ފައިސަލް

އަމާޒަކީ ފަތުރުވެރިކަމުން އަހަރެއްގެ މައްޗަށް ރާއްޖެއަށް ލިބޭ އާމްދަނީ 6 ބިލިއަނަށް އިތުރުކުރުން ކަމަށް އާ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ

އިކޮނޮމިކް ކައުންސިލުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައިސަލް ވިދާޅުވި ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާއިން މިހާރު ރާއްޖެއަށް އިންޖެކްޓް ކުރަނީ 4.5 ބިލިއަން ރުފިޔާގެ އާމްދަނީ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ ޓޫރިޒަމް ޑައިވާސިފިކޭޝަން ތައާރަފުކުރުން ކަމަށާއި، އެއާއެކު ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީ ހަ ބިލިއަނަށް ނެގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“ހަ ބިލިއަނަށް ނެގޭނެ ގޮތެއް ބާލައިރު ސްޕޯޓްސް ޓޫރިޒަމް، އަދި މެޑިކަލް ޓޫރިޒަމް ހިމެނޭ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ޕްރެކްޓިސް ކުރަމުން އަންނަ އަދި ވަރަށް ފަންކްޝަނަލް މޮޑެލް އެއް މިއީ،” ފައިސަލް ވިދާޅުވި އެވެ.

އޭގެ މިސާލެއް ކަމަށް އޭނާ ވިދާޅުވީ ޖަރުމަން ކަހަލަ ގައުމުތަކުގައި ހުރި ޓްރެއިނިން އެކަޑެމީތަކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ޕޭރެންޓުން ހުނަރުހުރި ކުދިން ގޮވައިގެން އެފަދަ ތަންތަނަށް ދަތުރުކުރާ ކަމަށާއި އޭގެ ސަބަބުން އެމީހުން 12، 15 އަހަރު ވަންދެން އެ ގައުމެއްގެ އިކޮނޮމީއަށް ހަރަދުކުރުމުން ކުރިއަރުން އަންނަ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމަށް އިކޮނޮމިކް ކައުންސިލް، ސޯޝަލް ކައުންސިލް އަދި ވިޒިޓް އިކޮނޮމީ ކައުންސިލް މި ސަރުކާރުން ވަނީ އުފައްދާފަ އެވެ.

ވިޒިޓް އިކޮނޮމީ ކައުންސިލް ޗެއަރ ކުރައްވަނީ ރައީސް ޑރ.މުއިއްޒެވެ. އަދި ކޮ ޗެއަރ އަކީ ޓުއަރިޒަމް މިނިސްޓަރު ފައިސަލްއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!