ޚަބަރު
މީޑީއާތަކަށް 6.5 މިލިޔަން ރުފިޔާ ކަނޑައަޅައި، ސަޕްލިމެންޓްރީ ބަޖެޓް ފާސްކޮށްފި

މީޑީއާތަކަށް 6.5 މިލިޔަން ރުފިޔާ ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓް، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވި ގޮތަށް އެ ބަޖެޓް މިއަދު މަޖިލީހުން ފާސްކޮށްފިއެވެ.

މި ބަޖެޓަކީ މިއަހަރުގެ ކުރިއަށް އޮތް ބައިގައި ސަރުކާރުން އިތުރަށް ހަރަދު ކުރަން ބޭނުންވާ ފައިސާ ހޯދުމަށް ކުރީގެ ރައީސް އިބްރާހިިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓެކެވެ.

މިއަދުގެ ޖަލްސާއިން މި ބަޖެޓް ފާސްކުރީ، ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ ތެރެއިން 57 މެންބަރުން ވޯޓު ދެއްްވައިގެންނެވެ. ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް 10 މެންބަރުން ވޯޓު ދެއްްވިއެވެ.

މި ބަޖެޓް މަޖިލީހުން ފާސްކުރުމުން މިއަހަރަށް މަޖިލީހުން ފާސްކޮށްދިން ދައުލަތުގެ ބަޖެޓް 49.4 ބިލިއަން ރުފިޔާއަށް އިތުރުވެގެންދާނެއެވެ. މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 42.8 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގައި ހިމެނެނީ، ރިކަރަންޓްގެ 3.1 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 3.3 ބިލިޔަން ރުފިޔާއެވެ.

ރިކަރަންޓް ހަރަދަށް އިތުރު ކުރަން ހުށަހެޅި ފައިސާގެ ތެރެއިން ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރަން ވަނީ ހިމަނައިފައެވެ. އާސަންދައަށް 1.2 ބިލިއަން ރުފިޔާ އިތުރަށް ވަނީ ކަނޑައަޅައިފައެވެ.

ކެޕިޓަލް ހަރަދުގެ ގޮތުގައި، ޕީއެސްއައިޕީގެ 12 މަޝްރޫއަށް 1.7 ބިލިއަން ރުފިޔާ ބަޖެޓްގައި ކަނޑައަޅައިފައިވާއިރު އޭގެ ތެރެއިން،

  • އައްޑޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުއަށް ކަނޑައަޅާފައިވަނީ 344 މިލިއަން ރުފިޔާ.(އެންމެ ބޮޑު އަދަދު)
  • ހދ. ހަނިމާދޫ އެއާޕޯޓު ޕްރޮޖެކްޓަށް 335 މިލިއަން ރުފިޔާ
  • 34 ރަށެއްގެ ނަރުދަމާ ހެދުމަށް 290 މިލިއަން ރުފިޔާ
  • ޕޮލްކޯ ހައުސިން ޔުނިޓްތަކުގެ މަޝްރޫއު ނިންމަން 150 މިލިއަން ރުފިޔާ
  • މާލެ-ތިލަފުށި ބްރިޖުގެ މަޝްރޫއުގެ މަސައްކަތަށް 146 މިލިއަން ރުފިޔާ
ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!