ޚަބަރު
ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫއިން ޖާގަ ނުލިބިގެން މީހެއްގެ މަރު!

މީ ގެ ދެތިން ދުވަސް ކުރިން, ތިނަދޫ ސިޓީ ގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ މީހަކު ނިޔާވީ ދޭން ޖެހޭ ފަރުވާ ނުލިބިގެން ކަމަށް ބުނެ ވާހަކަ ތަކެއް ދަނީ ދެކެވެމުންނެވެ.

އެހެން ކަމުން މި ކަމުގެ ޙަޤީޤަތް ހޯދާލުމަށް އެ ހޮސްޕިޓަލް ގެ ޒިއްމާތައް އަދާ ކުރައްވާ އިސް ބައެއް ފަރާތްތަކަށް ގުޅާ އެ މައުލޫމާތު ހޯދުމަށް މަސައްކަތް ހުވަދޫ މީޑިއާ އިން ކުރި އެވެ. ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ އެކަން ވަނީ ކާމިޔާބު ވާ ގޮތް ނުވެފައެވެ.

މިކަމާ ގުޅިގެން އިތުރަށް މައުލޫމާތު ލިބޭ ތޯ މަސައްކަތް ކުރުމުން އެ ހޮސްޕިޓަލުގެ ސީނިއަރ މުވައްޒަފުންގެ ފަރާތުން އެނގެނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ގެ ވަގުތެއްގައި ގދ ރަތަފަންދޫ އިން ވަރަށް އެމަރޖެންސީ ކޮށް މީހަކު ގެންދެވުވުނު ކަމަށާއި އެމީހާ އަކީ ހަރޓްއެޓޭކެއް ޖެހިގެން ގެންދިޔަ މީހެއް ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި 51 އަހަރުގެ ފިރިހެން މީހާ އަށް ދެވެން ހުރި އަވަސް ފަރުވާ އިމަރޖެންސީ ކެއަރ ގައި ފަރުވާ ދެވުނެވެ.

ނަމަވެސް އޭގެ ފަހުގައި އައިސީޔޫ އަށް ގެންދިޔުމުގެ ބަދަލުގައި ވޯޑަށް ބަދަލު ކުރަން އުޅުމުން އެކަމާ އާއިލާ އިން ދެކޮޅު ހެދި އެވެ. ވޯޑަށް ބަދަލު ކުރަން އުޅުނީ އައިސީޔޫ މަރާމާތު ކުރަމުން ދާތީ ވަގުތީ ގޮތުން ހެދި ތަނުގައި ހުރީ އެއް އެނދު ކަމަށް ވާތީ ޖާގަ ނެތީމާ ކަމުގައި އާއިލާ އިން އަދި ހޮސްޕިޓަލުން ވެސް ބުނެއެވެ.

“އަޅުގަނޑުގެ ބައްޕަ ނިޔާވީ އައިސީޔޫ އެއްގައި ފަރުވާ ނުދެވުމުން. ނިޔާވި ވަޤުތު ޑޮކްޓަރ ވެސް ނެތް. މިއީ ވަރަށް ބޮޑު އިހުމާލެއް. ނަމެއް ގައި ސިޓީ އެއް މީ. ނަމެއް ގައި ބޮޑު ހޮސްޕިޓަލެއް މީ” މިދިޔަ ހުކުރު ދުވަހު ނިޔާވީ 51 އަހަރުގެ މީހާގެ ދަރިފުޅު ހުވަދޫ ނޫހަށް މައުލޫމާތު ދެމުން މިއަދު ބުންޏެވެ.

މި ޚަބަރު ލިޔަމުން ދަނިކޮށް ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފިޝަލަކު ހުވަދޫ އަށް މައުލޫމާތު ދެއްވި ގޮތުގައި ރަތަފަންދޫ އިން ގެނައި ބަލި މީހާ އަށް ފަރުވާ ދިނުމުގައި ދަތި ތަކެއް ކުރިމަތިވިކަމަށެވެެ އެއީ އައިސީޔޫ އަށް ޖާގަ އިތުރު ކުރުމަށް މަސައްކަތް ކުރި ވަގުތަކާއި ގުޅިގެން ދިމާވި ޙާލަތެއް ކަމަށާއި ޖާގަ ނެތިގެން ވޯޑަށް ބަދަލު ކުރެވުނު ނަމަވެސް ރަނގަޅަށް ފަރުވާ ދެވޭނެ ޙާލަތު ގެނެވޭނެ ކަމަށެވެ.

ދާދި ފަހުން ނިމިގެން ދިޔަ ރިޔާސީ އިންތިޚާބު ތެރޭގައި ތިނަދޫ ސިޓީ އަކަށް ވަނީ ބައްދަލު ކޮށްފައެވެ. ނަމަވެސް 40 ހާހާއި ގާތް ކުރާ އަދަދަކަށް މީހުން ދިރިއުޅޭ ހުވަދު އަތޮޅުގައި ހުންނަ ސަރަހައްދީ ހޮސްޕިޓަލްގައި އަދި މިހާތަނަށް ފުރިހަމައަށް ޚިދުމަތްތައް ނުލިބެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ކަލޯބެއްޔާ

    އައިސީޔޫގަ ނޫނަސް އައިސީޔޫގަ ދޭ ހުރިހާ ފަރުވާ އެއް ވާރޑްގަ ބާއްވައިގެންވެސް ދެވޭނެ. ފަރުވާ ނުދެވުނީ އައިސީޔޫ އަށް ނުވެއްދިގެންނޭ ބުނުމުގެ ޖާގައެއް ނޯންނާނެ. އައިސީޔޫގަ ބޭނުންކުރާ މެޝިންތަކަކީ މޮބަލައިޒް ކުރެވޭ ތަކެއްޗެއް.

  2. ފެންނަމުން މިދަނީ މި ނިމުނުސަރުކާރުގެ ނުކުޅެދޭ ނާގާބިލުކަން، އޭގެއިތުރުން މީހަކު އެއްޗެއްބުނާއިރަށް އެ ކަމެއް މަމޮޅު ހެދެން ވެގެން ކުރާތީ ވާގެއްލުންތައް، މުއިއްޒު ކެންޕިއަން ތެރޭގާ އެރަށަށް ސިޓީއެއްގެ ދަރަޖަ ދޭނެކަމަށް ބުނީމާ ރއިބުރާހިމް ހިރުވައިގަނެގެން އަވަސްއަވަހަށް ސިޓީއެއްގެ ދަރަޖަ އަމާބުނީމާ ފަރަށްދާ ގޮތަށް ދީފަތިއޮތީ، ހުރިހާހިތްދަތިކަމަކާ ހިތާމައެއް މިލިބެނީ ރައިއްޔަތުންނަށް.

  3. ޢަހަރެން

    ފޯން ނުނަގާނެ. ނޭންގެ ކީއްކުރަން ލާފަހުރި މީހެއްކަމެއް. ރިސެޕްޝަންގައި ތިބި ކުދިން ގުޅީމަވެސް އެ މެނޭޖަރު ފޯނެއް ނުނަގާ. ގައިމު ފޯން ނެގިނަމަ މާލެ ގެނެއުމުގެ ކަންތައް ކުރެވި އަވަސްފަރުވާދެވި ފުރާނަވެސް ސަލާމަތް ކުރެވުނީސް. ހޮސްޕިޓަލްގެ އިހުމާލުން ނިޔާވީ.