ޚަބަރު
ގެއްލިގެން ހޯދަމުން ދިޔަ ފުލުހަކު މަރުވެފައި އޮއްވާ ފެނިއްޖެ

އައްޑޫ ސިޓީން ރޭ ގެއްްލުނު އުމުރުން 22 އަހަރުގެ ފިރިހެން ފުލުހަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސް އެންޑް ލޯ އެންފޯސްމެންޓްގައި ޑިއުޓީ ކުރާ ފުލުހަކު ރޭ އިޝާ ނަމާދަށް ދިޔަ ގޮތަށް ގެއަށް ނާންނަ ކަމާއި، އެއްވެސް ހަބަރެއް ނުވާ ކަމަށް ރޭ 12:40 ހާއިރު އެހާކަންހާއިރު ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.

އަދި އެ ރިޕޯޓް ލިބުމާއި ގުޅިގެން ފުލުހުން އޭނާ ހޯދަމުން ދަނިިކޮށް ހިތަދޫ ސްވިމިންގެ ޓްރެކް ސަރަހައްްދު މޫދުން 1:40 ހާއިރު ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަދި އޭނާ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިމައްސަލަ ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!