އީރާނުން ތިބީ ދޫދޭގޮތަކަށް ނޫން، އެމެރިކާއަށް ފަހުގެ އިންޒާރުދީފި
ޚަބަރު
ނަތީޖާ ނެރެދިނުމުގެ އަމާޒުގައި މަސައްކަތް ކުރުމަށް ރައީސް ޑރ މުއިއްޒު އެދިވަޑައިގެންފި

ނަތީޖާ ނެރެދިނުމުގެ އަމާޒުގައި މަސައްކަތް ކުރުމަށް ރައީސް އޮފީހުގެ މުވައްޒަފުންގެ ކިބައިން ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިބައްދަލުވުމުގައި ރައީސް ވަނީ އެއްބައިވަންތަކަމާ އެކު، އެއް ޓީމެއްގެ ގޮތުގައި ހުރިހާ އޮފީސްތަކާ ގުޅިގެން މަސައްކަތް ކުރުމަށް މުވައްޒަފުންނަށް އިލްތިމާސް ކުރައްވައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ މުޅި ސަރުކާރު ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އޮފީސްކަން، މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޑރ މުއިއްޒު ފާހަގަކުރެއްވިއެވެ.

މުޅި ސަރުކާރު ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އޮފީހަކީ ރައީސް އޮފީސްކަން ފާހަގަކުރައްވައި ރައީސް ޑރ މުއިއްޒު ވިދާޅުވީ ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި މުއައްސަސާތަކަށް ދޭން ޖެހޭ އިރުޝާދުތައް ދިނުމާއި ބަލަހައްޓަން ޖެހޭ ކަންކަން ބެލެއްހެޓުމުގެ ބޮޑު ޒިންމާ އަދާކުރާ އޮފީހަކީ ވެސް ރައީސް އޮފީސް ކަމަށެވެ. އެހެންކަމަށްވުމާއެކު، އެ އޮފީހުގެ ކަންކަން ކުރިއަށް ގެންދަންވާނީ ސަރުކާރުގެ އެހެން އިދާރާތަކަށް ވެސް ރީތި މިސާލެއް ދައްކައިދޭ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!