ެުދުވަސް ވަރަކީ ނިކަން ހަލަބޮލި ދުވަސް ވަރެކޭ ބުނުން ދޮގަކަށް ނުވާނެއެވެ. ހަލަބޮލި އެކިމީހުން ސިފަކުރާނީ އެކި ގޮތްގޮތަށް ބަލަމާ ހިގާށެވެ. 5 އަހަރުގެ ވެރިކަމެއް ނިމި އަލިވިލިގެން މިދަނީ ބައެެއް މީހުން ބުނާ ގޮތުން ” ދިވެހީންގެރާއްޖެ” އަކަށެވެ.
މިކަމުގައި ދެން މާގިނަ ވާހަކަތަކެއް ނުދައްކައި މި ލިޔަން އުޅޭ، ނިކަން ކުރު އެހެނަސް ލިޔެލަން ވަރަށް ބޭނުންވެފައި ހުރި ވާހަކައަކަށް ޖެހިލާނަމެވެ.
އާދަ ކާދައިގެ މަތިން ޝޯޝަލް މީޑިޔާ ހާވަމުން ދަނިކޮށް މީގެ އަށް ގަޑިއިރު ކުރިން ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒު ފޭސްބުކް އަށް ދޫކޮށްލާފައިވާ ވީޑިއޯއެއް ލޮލަށް އަޅައިގަތެވެ. ވީޑިއޯ ޕްލޭ ކުރުމުގެ ކުރިން އޭގައި ލިޔެފަ އިން އިބާރާތް ކޮޅު ލޮލުގައި އަޅައިގަތެވެ.
އަދިވެސް ޓަޗް ހުރިތޯ ބަލާލީ:- އަލީ ރަމީޒު
ބުނަން ހެއްޔެވެ. މި ޖުމްލަ މިހެން ލިޔެފައި އޮތުމުން ވެސް އެ ވީޑިއޯ ބަލާލުމަށް އަހަރެން ހުރީ ކެތްމަދުވެފައެވެ. ވާނީވެސް އެހެންތާއެވެ. އަހަރެންނަކީ ވެސް ހަމަ އަލީގެ ފޭންއެކެވެ.
އަލީ ރަމީޒު ފޭސްބުކް އަށް ދޫކޮށްލާފައިވާ ކުރު ވީޑިއޯ ޕްލޭ ކުރީމެވެ. ރާއްޖޭގެ އެންމެ މަޝްހޫރުވެ ހުރިހާ މަދަހަ މުބާރާތް ތަކުގައި އެންމެގިނައިން އިވޭ ” ތިޔައޭ ރަސޫލަކީ ” މަދަހައިގެ ކުޑަ ތަންކޮޅެއް އަލީ ރަމީޒު ހަމައަޑުން ކިޔުއްވާފައިވާލެއް ހާދަ ފުރިހަމައޭ އަހަރެން ހިތާހިތާ އެތައް ފަހަރަކު ބުނީމެވެ.
މިކުރު ވީޑިއޯ ފޭސްބުކްއަށް އަޕްލޯޑް ކުރިހިސާބުން ދިވެހިން ދިޔައީ ދިވެހީންގެ ހިތްތަކުގައި އަލީ ރަމީޒް އަށް އޮތް ލޯތްބާއި އިހްތިރާމް އަދާކުރައްވަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މި ވީޑިއޯ މުޅި ރާއްޖޭގައި ވައިރަލް ވެ މި ވަގުތާއި ހަމައަށް އެއްލައްކަ ބާވީސްހާސް މީހުން މި ވީޑިއޯ ބަލާފައިވާއިރު، ދެހާހާއި ގާތްކުރާ އަދަދަކަށް މި ވީޑިއޯ ޝެއަރ ކޮށްފައިވެއެވެ.
ދަންނަވަން ހެއްޔެވެ. ދިވެހީން އަލީ ރަމީޒަށް އޮތް ލޯތްބެއްގެ ބޮޑުކަމުން އަދި ދިވެހިން ދިން ޕްރެޝަރެއްގެ ސަބަބުން އެންމެ ފަހުން އަލީ ރަމީޒް ނިންމީ މި މަދަހައިގެ ސްޓޫޑިއޯ ވާޝަން ނެރުމަށެވެ.
މާޝާ الله، ޝުކުރިއްޔާ އެންމެހައި ބޭފުޅުން. ވަރަށް ގިނަ ބޭފުޅުން މި މަދަހައިގެ ފުލް ވާޝަން އަކަށް ރިކުއެސްޓް ކުރައްވާފައި ވަނީ. އެހެންވީމާ އޭގެ ފުލް ސްޓޫޑިއޯ ވާޝަން ރެކޯޑް ކޮށްފަ ތިޔަ ބޭފުޅުންނަށް ހަދިޔާ ކުރާނަން، އިންޝާ الله. ޝުކުރިއްޔާ – އަލީ ރަމީޒު
އިންތިޒާރު ކޮށްލައްވާށެވެ. ދާދި އަވަހަށް އަލީ ރަމީޒްގެ ތިޔައީ ރަސޫލަކީ މަދަހައިގެ ސްޓޫޑިއޯ ވާޝަން ދިވެހިންނަށް އަޑުއިވިގެން ދާނެއެވެ.
މިކަލޭގެ މިއޮތްވަރަށް މަތިންބައިންޖެހިން ނޫސްތަކަށް އަރާއިރުވެސް ރައީސް ޔާމީނުވެސް، ރައީސް ޑރ. މުއިޒްވެސް މީނާއަށް މަގާމެއްނުދިން. އެންމެކުޑަމިނުން އިސްލާމީމަރުކަޒުގެ އިމާމުކަންވެސްނުލިބުނު..