ޚަބަރު
ރައީސް، ގެ ފުރަތަަމަ ދަތުރުފުޅު ދުބާއީއަށް!

މި އަހަރުގެ ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ކޮންފަރެންސް، ކޮޕް-28 ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހު ފަހުކޮޅު ދުބާއީ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފި އެވެ.

ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީ އަށް ވަޑައިގަންނަވާ ކަން ރައީސް އިއުލާންކުރެއްވީ، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ 52 ވަނަ ޔޫނިއަން ޑޭގެ މުނާސަބަތުގައި ރޭ ހޮޓެލް ޖެންގައި ބޭއްވި ޖަލްސާގަ އެވެ.

މި އަހަރުގެ ކޮޕް ސަމިޓް ބާއްވަނީ މި މަހު 30 އިން ފެށިގެން އަންނަ މަހު 12ގެ ނިޔަލަށެވެ.

ރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ މި އަހަރުގެ ކޮޕް ބައްދަލުވުމަކީ ހާއްސަކޮށް ރާއްޖެ ކަހަލަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް މުހިންމު ބައްދަލުވުމެއް ކަމަށާއި “ލޮސް އެންޑް ޑެމޭޖް ފަންޑު” ބޭނުންކުރެވޭނެ ގޮތްތައް ފަހިކޮށް، ފުރަތަމަ ފަހަރަށް ނެގޭ “ގްލޯބަލް ސްޓޮކް ޓޭކް”ގައި ރަނގަޅު ނަތީޖާއެއް ހާސިލުކުރެވޭނެ ކަން ޔަގީންކުރައްވާ ކަމަށެވެ.

ދުނިޔޭގެ ވެށި ރައްކާތެރިކޮށް ސަލާމަތްކުރަން އެންމެން އެއްބައިވަންތަ ކުރުވަން މަސައްކަތްކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކޮޕް-28ގެ ކާމިޔާބީ ކަށަވަރުކުރުމަށް ރާއްޖެއިން ޔޫއޭއީ އަށް ފުރިހަމަ އެއްބާރުލުން ދޭނެ އެވެ. އަދި، ޔޫއޭއީގެ ރިޔާސަތުގައި ހަރުދަނާ ނަތީޖާތަކެއް ނެރެދޭ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮޕް ސަމިޓަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދު ކުރުމަށާއި އެޑަޕްޓޭޝަން މަސައްކަތްތައް ފުޅާކުރުމަށާއި ތިމާވެށީގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ބޭނުންވާ މާލީ ކަންކަން ފަހިކުރުމަށް މަސައްކަތް ކުރުމަށާއި އެކަމަށް ބާރުއަޅައި މަޝްވަރާ ކުރުމަށް ގައުމުތަކުގެ ލީޑަރުންނާއި އެކި ޖަމިއްޔާތަކާއި ވިޔަފާރިވެރިންނާ އެކު ކޮންމެ އަހަރަކު އެއް ފަހަރު ބާއްވާ ސަމިޓެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!