ޚަބަރު
ދެއްވަދޫ ސުލްތާންމުހައްމަދު ސުކޫލުގެ ޕްލޭގްރައުންޑް ޓާފްއަޅައިނިންމާ ސްކޫލާ ހަވާލުކޮށްފި

ގއ ދެއްވަދޫ، ސުލްތާން މުހައްމަދު ސުކޫލުގެ “ޕްލޭގްރައުންޑް”ގައި ޓާފްއަޅައި، ފެންވަރު ރަނގަޅު ކުޅޭ ބިމެއްގެ ގޮތަށް ތައްޔާރުކޮށް، ސުކޫލާ ހަވާލުކޮށްފިއެވެ.

ދެއްވަދޫ ކައުންސިލް ނައިބުރައީސް އަހްމަދު ފަޒްހާދު ހުވަދޫ ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ދެއްވަދޫ ކައުންސިލާއި ސުލްތާން ސުކޫލުގެ މެނޭޖްމަންޓާއެކު ބޭއްވި ބައްދަލު ވުމެއްގައި ސުލްތާން ސުކޫލުގެ ޕީޓީއޭ ގެ ބެލެނިވެރިންގެ އެދުމުގެ މަތިން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މިއީ އެކަމަކަށް އެދި ސުކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނެކޭ އެއްފަދައިން ކައުންސިލްވެސް ނުހަނު އެދެމުން އައިސްފައިވާ ކަމެކެވެ.

މީގެ ކުރިން ސުކޫލުގެ ޕްލޭއޭރިޔާ އޮތީ ސުކޫލެއްގެ ކިޔަވާ ދަރިވަރުންތަކެއް ހަރަކާތްތައް ކުރިއަށް ގެންދަން އެކަށީގެންވަާ ގޮތަކަށް ނޫނެވެ. ކުދިން އުޅެމުން އައީ ހިރަފުހުގެ ތެރޭގައިކަމަށް ވެސް ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.

ސުލްތާންމުހައްމަދު ސުކޫލުގެ ޕްލޭއޭރިއާގައި ޓާފްއަޅައިނިންމާފައި….ފޮޓޯ:ދެއްވަދޫކައުންސިލް

ކައުންސިލް ނައިބރައީސް ވިދާޅުވީ މިއީ ކައުންސިލްގެ ހަރަދުގައި ކޮށްފައިވާ މަސައްކަތެއް ކަމަށެވެ. މިމަސައްކަތަށް ޖުމްލަ -/340،000 (ތިންލައްކަ ސާޅީސްހާސ) ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށްވެސް ފަޒްހާދު ވަނީ ވިދާޅުވެފައެވެ.

މި މަސައްކަތް ހަވާލުކުރީ ލިއޯނީ އިންވަސްޓްމަންޓް ކުންފުންޏާ ކަމަށް ފަޒްހާދު ވަނީ ވިދާޅުވެފައެވެ. ހުރިހާ މަސައްކަތްތަައް ނިމި ޓާފް ދަނޑެއްގެ ގޮތުގައި 13 ނޮވެމްބަރު 2023ވްނީ ސުލްތާން ސްކޫލާ ހަވާލުކޮށްފައެވެ.                                     ަ

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!