ޚަބަރު
މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނި މީހާ ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހަކީ ވެސް ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނި މީހާގެ ބަންދުގައި ބެހެއްޓުމަށް ފަހު ދޫކޮށްލައިފިއެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައި ދިނެވެ. ނަމަވެސް އޭނާ މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ދޫކޮށްލައިފައެވެ.

އެ މީހާ ބަންދުން ދޫކޮށްލީ ތަހުގީގު ނިމިފައިވާތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިގޮތަށް މީހަކު ވާހަކަދައްކާފައި ވަނީ މިދިޔަ މަހުގެ 17ވަނަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގެ ފޭސްބުކް ލައިވްއެއްގައެވެ. މި މައްސަލަ ފުލުހުންގެ އިދާރާ އަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިންނެވެ.

ފުލުހުން ވަނީ މީގެފަހުން ސޯޝަލް މީޑިއާގައި ޓެރަރިޒަމް އަށް ހިތްވަރު ދޭ ގޮތަށް ބަޔަކު ޝުއޫރެއް ފާޅުކުރި ނަމަވެސް އެކަމަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!