އީރާނުން ތިބީ ދޫދޭގޮތަކަށް ނޫން، އެމެރިކާއަށް ފަހުގެ އިންޒާރުދީފި
ޚަބަރު
“އިޒްރޭލުމީހުން ރާއްޖެއަށް އެތެރެވުންމަނާ” ޕެޓިޝަން, މަޖިލިސް ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި “އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވުން މަނާ” ޕެޓިޝަން, މަޖިލިހުގެ ޕެޓިޝަން ކޮމިޓީން ފާސް ކޮށްފިއެވެ.

މިޕެޓިޝަނާ ބެހޭ ގޮތުން އިއްޔެ ބޭވުނު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއުރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ރާއްޖެއަކީ އެއްވެސް ގައުމަކާ ދެކޮޅު ގައުމަކަށް ނުވި ނަމަވެސް، އިންސާނިއްޔާއި ޚިލާފް ބޮޑެތި ޖަރީމާތައް ހިންގާ ގައުމުތަކާ ދެކޮޅަށް ރާއްޖެއިންވެސް ފިޔަވަޅު އަޅަން ޖެހޭކަމުގައެވެ.

އަދި އެއީ ދުނިޔޭގެ އެހެން ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުންވެސް އެކަން ކުރާ ގޮތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެންވޭރު ހުނޅަގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ފަލަސްތީނުގައި ހިގަމުންދަނީ ހަނގުރާމައެއްކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އަދި އެއީ ގަތުލުއާންމެއްކަމަށް ސިފަ ކުރައްވާފައެވެ.

ޕެޓިޝަން ފާސް ކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވި 6 މެމްބަރުންގެ އަޢުލަބިއްޔަތުންނެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!