ޚަބަރު
މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރިޒާވް އެންމެ ބޮޑަށް އަޑިއަޅާލި އަހަރު: ވޯލްޑް ބޭންކު

މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރިޒާވް އެންމެ ބޮޑަށް އަޑިއަޅާލި އަހަރު ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރިޒާވަށް އެންމެ ބޮޑު އަސަރެއް ކުރި އަހަރުކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ރާއްޖޭގެ އިގުތިސާދީ އަދާހަމަ ”ބެޓަން ޑައުން ދަ ހެޗަސް” ރިޕޯޓު އާންމުކުރުމަށް އެ ބޭންކުން ބުނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ރާއްޖޭގައި ކުރިއަށްދާތީ ދަރަނި ނަގާވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އެއާއެކު ބްލޭންކެޓްކޮށް ހުރިހާ އެންމެންނަށް ފިއުލް ސަބްސިޑީއާއި އެހެން ސަބްސިޑީތައް ދޭ ކަމަށެވެ.

އަދި 2020 ވަނަ އަހަރު އެ ޤައުމުގެ ޖީޑީޕީ 34 އިންސައްތަ ދަށަށް ގޮސްފައިވަނީ ބަލިމަޑުކަމުގެ ސަބަބުން އިޤްތިޞާދީ ކުރިއެރުމުގެ މައި ޑްރައިވަރު ފަތުރުވެރިކަން ހުއްޓުމަކަށް އައުމުންން ކަމަށާއި 2022 ވަނަ އަހަރު ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުއުފުލި، އެތެރޭގެ އިންފްލޭޝަނާއި، ސަރުކާރުގެ މާލީ ހާލަތާއި، ބެލެންސް އޮފް ޕޭމަންޓަށް ޕްރެޝަރު ކުރިމަތިވުމުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 6.5 ބިލިއަން ރުފިޔާ ހުށަހެޅިއިރު, އެ އަދަދު ހޯދަން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށާއި ރާއްޖޭގެ ރިޒާވު ވަނީ 592 މިލިއަން ޑޮލަރަށް ދަށްވެފައިކަމަށް ބުނެފައިވެއެވެ.

އަދި މި އަދަދުން ހަމައެކަނި ހަމަޖައްސާލެވޭނީ 1.9 މަހުގެ އިމްޕޯޓުންކަމަށް ވޯލްޑް ބޭނުން ބުނެއެވެ.

އިއްޔެގެ ރަސްމިއްޔާތުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ވޯލްޑް ބޭންކްގެ ކަންޓްރީ ޑިރެކްޓަ ފޯ މޯލްޑިވްސް ފާރިސް ހަދާދް-ޒަވޮސް ވިދާޅުވީ، ރާއްޖެއިން ނަގާފައިވަނީ އިގްތިސާދުގެ ސައިޒާ ނުބައްދަލު ދަރަންޏެއް ކަމަށެވެ. އެހެންވެ އިގްތިސާދީ ބޮޑު ކާރިސާއަކުން ސަލާމަތްވުމަށް ދަރަނީގެ މައްސަލަ ހައްލު ކުރަން ފިޔަވަޅުތައް އެޅުން އަވަސް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

“ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ރާއްޖޭގައި ކުރިއަށް ދާތީ، ދަރަނި ނަގާ ވަރު ވަރަށް ބޮޑަށް އިތުރުވެއްޖެ. އެއާ އެކު ބްލޭންކެޓްކޮށް ހުރިހާ އެންމެންނަށް ފިއުލް ސަބްސިޑީ އާއި އެހެން ސަބްސިޑީތައް އެބަދޭ. ތެލުގެ އަގު އެހާ ބޮޑަށް އުފުލިފައިވާ މި ދަނޑިވަޅުގައި މިކަން ކުރުމަކީ ސަރުކާރަށް އޮތް ބޮޑު ތަކުލީފެއް،” އޭނާ ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ، އެހާ ގިނަ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާ އިރު ވެސް މާލެ އާއި ރާއްޖޭގެ އެހެން ރައްތަކުގައި ހިދުމަތްތައް ހޯދުމުގަ އާއި ލިބޭ ހިދުމަތުގެ ފެންވަރުގައި ބޮޑެތި ފަރަގުތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ.

ވޯލްޑް ބޭންކުން ބުނިގޮތުގައި، ހަރަދުތަކުގެ މައްސަލަ ހައްލު ކުރަން ސަބްސިޑީ އާއި އާސަންދަ ރިޕޯމު ކުރަން ޖެހެ އެވެ. މިކަންކަން ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ވެސް ހިމަނައިފަ އެވެ.

ފިނޭންސް މިނިސްޓްރީގެ އަމާޒަކީ އަންނަ އަހަރުގެ ޖުލައި މަހު ފިސްކަލް ހިރާސްތައް ކުޑަ ކުރުމަށް ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުުތައް ތަންފީޒު ކުރުމަށެވެ. ސަބްސިޑީ ހުރިހާ އެންމެނަށް ދިނުމުގެ ބަދަލުގައި އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ދޭން ވަނީ ނިންމައިފަ އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!