ޚަބަރު
ސްކޫލުތަކުގެ އަދަބިއްޔާތުފޮތުގައި ގައުމިއްޔަތުގެ އިތުރުބައިތަކެއް ހިމަނަން ނިންމައިފި

ސްކޫލުތަކުގެ އަދަބިއްޔާތު ފޮތުގައި ގައުމިއްޔަތުގެ އިތުރު ބައިތަކެއް ހިމަނައި އެ ބައިތައް ވެސް އުނގަންނައިދިނުމުގައި ބޭނުންކުރަން ނިންމައިފައިވާކަމަށް ދިވެހި ބަހާއި، ސަގާފަތާއި، ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު ވިދާޅުވެއްޖެއެވެ.

ދިވެހި ބަހާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ނަސީރު ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ދިވެހި ގައުމިއްޔާތާއި ދިވެހިންގެ ތަރިކައާއި، ސަގާފަތާ ގުޅުންހުރި މަސައްކަތްތައް ކުރިއަށް ގެންދަން ރާވައިފައިވާ ގޮތުގެ މައުލޫމާތު ހިއްސާކުރައްވައިފައެވެ.

ފޮތުގައި ދިވެހިންގެ ތާރިހާއި ސަގާފަތް ރަމްޒުކޮށްދޭ ހުރިހާ ކަމެއް އެނގޭނެހެން ފޮތް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ މެނިފެސްޓޯގައި ދިވެހި ގައުމާއި ތާރީޚާއި ސަގާފަތާއި، ދިވެހިންގެ ޖޯގްރަފީއާ އާދަކާދައަށް ދަރިވަރުން އަހުލުވެރިކުރުވާނެ ވަކި މާއްދާއެއް އުފެއްދުން ހިމެނޭކަމަށެވެ. އެހެންކަމަށް ވުމުން މުސްތަގުބަލުގައި އެ ފޮތުން ހާސިލު ކުރައްވަން އޭރު އެ ގަސްތުކުރެއްވި މަގުސަދަށް ވުރެ ވެސް ތަނަވަސްކޮށް އަދި ފުޅާކޮށް މި އަންނަ ތަނަވަސް ބަދަލުގައި އެ ކަން ހިމެނިގެން ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. ހަމައެހެންމެ މި ފޮތްބައި ނުކުމެގެން އަންނަ އިރު މި ފޮތްބައި ހާއްސަ ވާނީ ހަމައެކަނި އަދަބިއްޔާތަކަށް ނޫން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ގައުމިއްޔަތު ދިރުވުމުގެ މަޝްރޫއަށް ބޭނުންވާ ފަންސާސް ދިރާސާވެރިން ހޯދުމާއި އެ ކަމާ ގުޅުންހުރި މަސައްކަތްތައް ކަރުދާހުގައި އެކުލަވައިލުމުގެ މަސައްކަތް ވެސް ކުރައްވަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!