ޚަބަރު
މި ސަރުކާރަކުން މީޑިއާތަކުގެ ‘ބްލެކް ލިސްޓެއް’ ނުގެންގުޅޭނެ: ޚަލީލް

ސަރުކާރުން ޚަބަރާ މަޢުލޫމާތު ފޯރުކޮށް ދެއްވުމުގައި މީޑިއާތަކުގެ މެދުގައި ތަފާތެއް ނުކުރާނެ ކަމަށާއި އަދި މީޑިއާތަކުގެ ‘ބްލެކް ލިސްޓެއް’ މި ސަރުކާރަކުން ނުގެންގުޅޭނެކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން، އިބްރާހީމް ޚަލީލް ވިދާޅުވެއްޖެއެވެ.

ޚަލީލު މިހެން ވިދާޅުވީ، ބައެއް މީޑިއާތަކަށް ދައުވަތު ދެއްވައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިބައްދަލުވުމުގައި ރާއްޖޭގެ ޓީވީއާ ރޭޑިއޯތަކާއި އަދި ރާއްޖޭގައި ހިންގާ އޮންލައިން ނޫސްތަކުގައި މަސައްކަތްކުރައްވާ އެޑިޓަރުންނާއި ސީނިއަރ ޖާނަލިސްޓުން ބައިވެރިވިއެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޚަލީލު ވިދާޅުވީ، މީޑިއާތަކުގެ ކުރިއެރުމަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުތަކުގައި ހިމެނޭ މީޑިއާ ވިލެޖް ޤާއިމުކުރުމާއި، މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުން ފަދަ ހުރިހާކަމެއްވެސް ސަރުކާރުން ޚާއްޞަ ސަމާލުކަމަކާއެކު ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަންދެއްވާކަމުގައިވެސް ވިދާޅުވިއެވެ. އަދި މީޑިއާތަކަށް މަޢުލޫމާތު ހާމަކުރުމާ މީޑިއާތަކަށް ސަރުކާރުން ކޮށްދެއްވަން ވަޢުދުވެވަޑައިގެންފައިވާ ކަންކަން ކޮށްދިނުމުގައި ކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކުން މަސައްކަތްކުރަމުންދާގޮތް ވަރަށް ގާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިޔުނިކޭޝަން ޑިޕާޓްމަންޓުން ބައްލަވަމުން ގެންދަވާނެކަމުގައިވެސް ޚަލީލު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި މިއަދު ބޭއްވި މިބައްދަލުކުރެއްވުމަކީ، ރާއްޖޭގެ މީޑިއާތަކުގެ އިސްފަރާތްތަކާއެކު މަޝްވަރާކުރެއްވުމަށް ބޭއްވި ޚާއްޞަ ބައްދަލުވުމެކެވެ.

މިގޮތުން މިބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ވަކި މިންވަރެއް ކަނޑައެޅުމަށް ވެވެޑައިގެންނެވި ވަޢުދުގެ ކަންކަން ތަންފީޒުކުރުމުގައި ޢަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅުމަށް މީޑިއާތަކުގެ އިސްވެރިންނާއިއެކު މަޝްވަރާކުރެވުނު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކުރައްވާފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!