ރެސިޕީ
ހުވަދޫ ހުކުރު ސުފުރާ: މިލްކީ އޮރެންޖެލޯ

ހަރަދު ކުޑަ، ރަހަ އެހާމެ މީރު ފޮނި އެއްޗެއް؛ މިއީ ވަރަށް ރަނގަޅު ރެސިޕީއަކަށް ވާނެކަމަށް އުންމީދު ކުރަމެވެ. އޮރެންޖުގެ ބަދަލުގައި އަނބުވެސް ބޭނުން ކުރެވިދާނެއެެވެ.

ބޭނުންވާ ތަކެތި:

  • 2 އޮރެންޖް
  • ހަކުރު
  • އަގަރްއަގަރް(ޖެލެޓިން ފުށް)
  • ރޯ ކިރު
  • ހިކި ކިރު

ތައްޔާރު ކުރާނެ ގޮތް

ދެ އޮރެންޖުން ރަނގަޅަށް އޮރެންޖުޖޫސް ތައްޔާރުކޮށްލާށެވެ. ފެން ނާޅާށެވެ. ފުރާނާފައި ސާފު އޮރެންޖް ޖޫސް ޖޯޑެއް ނަގާށެވެ. ކުޑަ ތެއްޔަކަށް އޮރެންޖު ޖޫސް އަޅާށެވެ. މޭޒުމަތީ 3 ސަމުސާގެ ހަކުރު، ކުޑަ ސަމުސަލެއްގެ އަގަރްއަގަރް ކޮޅެއް، 1 ސަމުސާ އޮރެންޖު އެސެންސް، އަޅައިގެން އެއްކޮށްލާށެވެ. ދެން މަޑުގިނީގައި ކައްކާލާށެވެ. ރަނގަޅަށް 3 މިނެޓާއި 5 މިނެޓާ ދެމެދުން ކެއްކުމަށްފަހު ދިގު ތަށްޓަކަށް އަޅާފައި ހިހޫވަންދެން ބަހައްޓާށެވެ. ހިހޫވެލީމައި އައިސްއަލަމާރީއަށް ލާށެވެ.

ދޮޅު ޖޯޑުގެ ރޯ ކިރު ތެއްޔަކަށް އަޅާށެވެ. 3/1 ޖޯޑު ހަކުރު، 3/1 ހިކި ކިރު 4/1.1 ސަމުސާ އަގަރްއަގަރް ޖެލަޓިން، ރަނގަޅަށް އެއްކުރަމުން 2/1 ސަމުސާ އޮރެންޖު އެސެންސް އަޅާށެވެ. މަޑުގިނީގައި ފަސްވަރަކަށް ހަ ވަރަކަށް މިނިޓް ކެއްކުމަށްފަހު އުނދުނުން ބާލާށެވެ. އަދި ތަށްޓަކަށް އަޅާލާށެވެ.

ފްރިޖުކޮށްފައި ހުރި އޮރެންޖުޖެލީ ތަށި ނަގާ ވަޅިއަކުން އެތިއެތި ކޮޅުން ކަފާލާށެވެ. އަދި ޖެލީކޮޅުތައް ކައްކާފައި ތަށްޓަކަށް އަޅާފައި ހުރި ކިރުގެ ތެރެއަށް ރީތިގޮތަކަށް އަޅާލާށެވެ. އަދި ފުރިޖުކޮށްފައި ދޮޅުގަޑިއިރު ބަހައްޓާށެވެ. އަދި ދެން ފުރިޖުން ނަގާ ޓްރޭއަކަށް ނޫނީ ތިލަތަށްޓަކަށް ނަމަވެސް މިލްކްލީއޮރެންޖަސް ނަގާށެވެ.

މިއީ ހަރަދު ކުޑަ އަދި އެހާމެ އަވަހަށް ތައްޔާރުކޮށްލެވިދާނެ ރަހަވެސް އެހާމެ މީރު ވައްތަރެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!