ޚަބަރު
މަގާމާ ހަވާލުކުރެވުނުތާ 4ދުވަސްނުވެ ސްޓޭޓް މިނިސްޓަރ ކަމުން ފަހުމީ ވަކިކޮށްފި

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަގާމަށް އައްޔަނުކުރެވުނު މުޙައްމަދު ފަހުމީ ޙަސަން، އެ މަގާމުން ވަކިކޮށްފިއެވެ.

ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ފަހުމީ އައްޔަންކުރެވުނީ މިމަހު 20 ވަނަ ދުވަހުގައެވެ. ރައިސް އޮފީހުން ވަނީ ފަހުމީ މަގާމުން ވަކިކުރި ކަން ޔަގީން ކޮށްދެއްވާފައެވެ. އެހެންނަމަވެސް ފަހުމީ މަގާމުން ވަކިކުރެއްވި ސަބަބުގެ ސީދާ ތަފްސީލެއް ހާމަނުކުރައްވައެވެ. ވަކިކުރެއްވި ސަބަބާ ގުޅޭގޮތުން ސުވާލު ކުރުމުން ވިދާޅުވީ ފަހުމީ މަގާމަށް އައްޔަނު ކުރައްވާ ވަކި ކުރެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރާއި އިހްތިޔާރުގެ ދަށުން ކަމަށެވެ.

ފަހުމީ އަކީ މީގެ ކުރިންސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ރައީސްގެ މަގާމުގައި ވެސް ހުންނެވި ބޭފުޅެކެވެ. ނަމަވެސް އެ ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް، އެ ކޮމިޝަންގެ ރައީސްކަމާއި މެމްބަރުކަމުން އޭނާ ވަނީ ވަކިކޮށްފައެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން 2013 ގައި އެ ކޯޓުން ނިންމީ އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ހުރިހާ އިޖްރައާތެއް ބާތިލް ކަމަށެވެ. އެހެންވެ ގެއްލުމުގެ ބަދަލު ހޯދަން ފަހުމީ ކޯޓަށް ވެސް ގޮސްފައިވެ އެވެ.

ފަހުމީއަށް ސްޓޭޓް މިނިސްޓާރ ކަމުގެ މަގާމު ދެއްވުމުން ބައެއް މީހުން ވަނީ  ސޯޝަލް މީޑިއާ ގައި ވަރަށްބޮޑަށް ފާޑުކިޔާފައެވެ

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!