ޚަބަރު
ވެރިކަން ކުރައްވަން ފުރުސަތު ދޭންޖެހޭ، ރައްޔިތުންގެ އުއްމީދުތައް ގުޅިފައިވަނީ ރައީސް މުއިއްޒުއާއި: ޝައްމާން

ރާއްޖޭގެ ސިއްޙީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އަށް ވެރިކަން ކުރަން ފުރުސަތު ދޭން ޖެހޭ ކަމަށާއި، އަދި މިސަރުކާރަކީ ރައްޔިތުންގެ އުއްމީދުތަކާއި ގުޅިފައިވާ ސަރުކާރެއް ކަމަށާއި ރައްޔިތުންގެ އުއްމީދަކީ ޑރ މުއިއްޒު ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެއެވެ. 

ޝައްމާން މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

ސިޔާސީ  ފިކުރުގެ  އަދި  ސިޔާސީ  ފިކުރު  ނެތް  އެތަކެއް  ރައްޔިތުންގެ  އުއްމީދުތައް  ގުޅިފައިވަނީ  ރައީސް  ‎@MMuizzu  ވައުދުފުޅު  ތަކާ!  ވެރިކަން  ކުރައްވަން  ފުރުސަތު  ދޭން  ޖެހޭ.  މި  ޤައުމު  ވެއްޓިފައި  މިވާ  އަނދަވަޅުން އަނބުރާ  ކޮޅަށް  ޖަހަން  ރައީސް  އާއެކު  ތިބުން  މުހިއްމު -ޝައްމާން-

ޝައްމާން އަކީ ރައީސް ސޯލިހުގެ ވެރިކަމުގައި އިމިގްރޭޝަން ގެ ވަޒީފައިން ގަވާއިދާއި ހިލާފަށް ވަކި ކުރި ފަރާތެކެވެ. އެހެންނަމަވެސް ވަޒީފާ ބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ ޝައްމާން ވަޒީފާއިން ވަކިކޮށްފައިވަނީ ގަވާއިދާއި ހިލާފަށްކަން ނިންމާފައެވެ.

ރައީސް ޔާމީން ޕާޓީން ވަކިވުމާއި ގުޅިގެން ސަރުކާރުގެ ހުރިހާ ވަޒީރުންނާއި ޕީޕީއެމް ޕީއެންސީ ގެ މެމްބަރުންދަނީ ޑރ މުއިއްޒު އާއި ތިބިކަން ހާމަކުރައްވަމުންނެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. 900 ވަގުޖޯޓާ ވިއްކާލި ކަލޭގެ ދައްކާ ހޮޅިވާހަކަ