ޚަބަރު
ޕީޕީއެމްގެ އޮފީސް ހުސްކުރަން އެގޭގެ ވެރިފަރާތުން އަންގައިފި

ހ. ހުރަފާ ގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ އޮފީސް ހިންގަމުން އައި އިމާރާތް ހުސްކުރުމަށް ގޭގެ ވެރިފަރާތުން އަންގައިފިއެވެ. އެ އިމާރާތް ހުސްކުރުމަށް އަންގާ ގޭގެ ވެރިފަރާތުން ފޮނުވި ސިޓީގައި ބުނެފައިވަނީ އެ އިމާރާތް ދޫކޮށްފައިވަނީ “ރައީސް ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން، ރައީސް ޔާމީންގެ އޮފީހެއް ހިންގެވުމަށް” ކަމަށެވެ.

ގޭގެ ވެރުފަރާތުން އަންގާފައި އެއް ދުވަހުގެ ތެރޭގައި އިމާރާތް ހުސްކުރުމަށެވެ.

“ކުއްޔަށް ދޫކުރެެވިފައިވާ ތަނުގައި މިހާރު ޕީޕީއެމްގެ އޮފީހެއް ހިންގަމުން އަންނަކަން ވަނީ ފާހަގަ ކުރެވިފަ. ވުމާއެކު ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނިންމައި، މިއަދު [ނޮވެމްބަރު 24، 2023] ގެ މެންދުރުގެ ކުރިން ތަން ހުސްކޮށް އަޅުގަނޑާ ހަވާލު ކުރުން އެދެން.”

ޕީޕިއެމްގެ އޮފީސް ހިންގަމުން އަންނަ އިމާރާތް ހުސްކުރުމަށް އަންގާ ގޭގެ ވެރިފަރާތުން ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.

ޕީޕީއެމްގެ އޮފީސް ހިންގަމުން އައި އިމާރާތް ހުސްކުރުމަށް އަންގާފައިވާއިރު، ޕީޕީއެމްއާއި ޚިޔާލު ތަފާތުވެ، ރައީސް ޔާމިންވަނީ އެ ޕާޓީ ދޫކޮށް އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައެވެ.

ޔާމިންގެ އާ ޕާޓީ އުފެއްދުމަށް މާދަމާ އިލެކްޝަންސްއަށް ހުށަހަޅާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!