ޚަބަރު
30 އަހަރަށްފަހު ފުރަތަމަ އޮގަސްޓް 22

30 އަހަރަށް ފަހު, ތިނަދޫ އަށް 2 ވަނަ ފަހަރަށް މީހުން އާބާދުވާން ފެށި ދުވަސް ފާހަގަ ކުރުމަށް ވަމުންދާ ތައްޔާރީތައް ވަރަށް ފޯރި އާއި އެކީ ކުރިއަށް އެބަދެއެވެ.

އެގޮތުން ތިނަދޫ ކައުނަސިލްގެ އިސްނެންގެވުމާއި އެކު ވަނީ ރަށުގެ ކްލަބް ޖަމްޢިއްޔާތަކާ މުޢައްސަސާ ތަކާ އެކު ބައްދަލުވުންތައް ބާއްވާ އެކުލަވާލި ޕްރޮގްރާމް ތަކަށް ޙަރަކާތްތައް އިތުރު ކޮށް ތައްޔާރުވުންތައް ފަށާފައެވެ. މިވަގުތު ކުރިޔަށްދާ އެންމެ މުހިންމު ކަމަކީ ތިނަދޫ އަށް 2 ވަނަ ފަހަރަށް މީހުން އާބާދުވުން ފެށި ގޮތް ދައްކައިދޭ މިއުޒިކަލް ސްޓޭޖް ޑްރާމާ އެއް ތައްޔާރު ކުރުމުގެ މަސައްކަތެވެ. ތިނަދޫ ގައި ތިބި ފަންނުވެރިން ޒުވާނުން ތައްޔާރު ކުރާ މި ޑްރާމާ ހުށަހަޅަން ހަމަޖެހިފައިވަނީ ތިނަދޫ މިއުޒިއަމް ޕާކުގައެވެ.

މީގެ އިތުރުން ތަފާތު ގިނަ ޙަރަކާތްތައް ކުރިޔަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

ތިނަދޫ އަށް 2 ވަނަ ފަހަރަށް މީހުން އާބާދު ވީ ދުވަސް ކުލަގަދަކޮށް އެންމެ ފަހުން ފާހަގަ ކޮއްފައި ވަނީ 1991 އަހަރުއެވެ. އެ ފަހަރު އެ ދުވަސް ފާހަގަ ކޮއްފައި ވަނީ “އާބާދީ 25” ގެ ނަމުގައެވެ. އެފަހަރު ތިނަދޫ ގައި ވަނީ ރަށުގައި ވަރަށް ގިނަ ކަންތައްތަކާ ކުޅިވަރު ޙަރަކާތްތައް ކުރިއަށް ގެންދެވިފައިވެއެވެ. އެގެ ތެރޭގައި މަސައްކަތް ފެށިތާ 72 ގަޑި އިރު ތެރޭގައި އިމާރާތް ކޮށް ނިންމާފައި ވާ އާބާދީ މާރުކަޒު ފާހަގަ ކޮށްލެވެއެވެ. އަދި ރަށުގެ ބަނދަރު ސަރަޙައްދުގައި ޕާކުތައް ހެދުމާއި އާދަޔާ ޚިލާފަށް ރީތިކޮށް ރަށް ޒީނަތްތެރި ކުރުން ހިމެނެއެވެ.

އޭގެ ފަހުން އެހާ ކުލަގަދަކޮށް ތިނަދޫ އާބާދީ ދުވަސް ފާހަގަ ކުރުމަށް އަބަދުވެސް މަސައްކަތް ކުރެއެވެ. ނަމަވެސް ކޮންމެވެސް ކަމަކާ ގުޅިގެން އެކަން އޮތީ ނުވެފައެވެ. އެންމެ ފަހުން އެ ދުވަސް ވަރަށް ބޮޑުކޮށް ފާހަގަ ކުރަން ނިންމީ މީގެ 5 އަހަރު ކުރިންނެވެ. ކުރީގެ ރައީސް ޔާމިން އަބްދުﷲ ޤައްޔޫމްގެ ވެރިކަމުގައެވެ. ތިނަދޫ މިއުޒިއަމް ޕާކް ތައްޔާރު ކޮއްފައި ވަނީ ވަނީ 2019 އޮގަސްޓް 22 އަށެވެ. ނަމަވެސް ތަފާތު ސަބަބުތައް މެދުވެރިވެގެން އެ ފަހަރު ވެސް އެކަން ވާގޮތެއް ނުވިއެވެ.

އެހެން ކަމުން ތިނަދޫގައި މީހުން 2 ވަނަ ފަހަރަށް ވަޒަން ވެރި ވާން ފެށި ދުވަސް ކަމަށްވާ 1966 އޮގަސްޓް 22 ނިސްބަތްކޮށް ފާހަގަ ކުރަމުން ދިޔަ އޮގަސްޓް 22 ކުލަގަދަކޮށް ފާހަގަ ނުވާތާ މިހާރު 30 އަހަރުވީއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!