ޚަބަރު
އެމްއެމްސީގެ ނޫސްވެރި ކަމުގެ އެވޯޑު، އެންމެ މޮޅު ނޫސްވެރިއަކަށް ނާއިފް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީގެ) ނޫސްވެރި ކަމުގެ އެވޯޑު ހަފުލާގައި އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު، ދައުރު ނޫހުގެ އަހުމަދު ނާއިފް ހާސިލުކޮށްފިއެވެ.

ރޭ ބޭއްވި އެވޯޑު ހަފްލާގައި އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު ހާސިލު ކުރީ އަހްމަދު ނާއިފް (ދައުރު)އެވެ.

މި އެވޯޑަށްނޮމިނޭޓު ވެފައިވާ އިތުރު ތިން ނޫސްވެރިންނަކީ “މިހާރު” ނޫހުގެ ނޫސްވެރިޔާ އާސިމާ ނިޒާރާއި “ރާއްޖެ ޓީވީ”ގެ ނޫސްވެރިޔާ ލައިޝާ އަހުމަދު އަދި “ވަން އޮންލައިން”ގެ ނޫސްވެރިޔާ އަލީ ޔާމީންއެވެ.

އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު ދިނުމުގައި ވޭތުވެ ދިޔަ އަހަރު ކޮށްފައިވާ މަސައްކަތާއި ތައުލީމާއި ތަޖުރިބާއަށް ބަލާއިރު، އިންޓަވިއު މަރުހަލާގައި ލިބޭ މާކްސްއަށްވެސް ބަލައެވެ. އަދި އާންމުން ވޯޓަށްވެސް ބަލައެވެ.

އުންމީދީ ނޫސްވެރިޔަކަށް ހޮވުނީ “ސަން އޮންލައިން”ގެ ނޫސްވެރިޔާ މުހައްމަދު ނާއިލް ހަފީޒު އެވެ.

އުންމީދީ ނޫސްވެރިޔާގެ އެވޯޑަށް ދެން ވާދަކޮށްފައި ވަނީ ދިޔަރެސް ނޫހުގެ އާނިފާ ހުސެއިން ސިރާޖާއި މިހާރު ނޫހުގެ އާއިޝަތު ނުޒުހާއެވެ.

އިތުރު ދާއިރާތަކުން އެވޯޑު ހާސިލުކުރި ނޫސްވެރިން

 • ދެމެހެއްޓެނިވި ތަރައްގީއާއި އިޖުތިމާއީ ދާއިރާ: ޝަހުދާ މުހައްމަދު (ދައުރު)
 • ސިޔާސީ ދާއިރާ: ނާޒިމް ހަސަން (އަދަދު)
 • ޝަރުއީ ދާއިރާ / ގާނޫނީ ދާއިރާ: މުއިއްޒު އިބްރާހީމް (މިހާރު)
 • ވިޔަފާރިއާއި އިގުތިސޯދީ ދާއިރާ: އަހުމަދު ނާއިފް (ދައުރު)
 • ކުޅިވަރު ދާއިރާ: ހުސެއިން ހަބީބް (މިހާރު)
 • ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ: ހައްވާ އަމާނީ އަބްދުﷲ (މިހާރު)
 • ފީޗާ: ޝަހުދާ މުހައްމަދު (ދައުރު)
 • ފޮޓޯ ޖާނަލިޒަމް: ފަޔާޒް މޫސާ (މިހާރު)
 • ތަހުގީގީ ނޫސްވެރިކަން: އަހުމަދު މިޒްޔާލް (ދައުރު)
 • މި ދާއިރާތަކުގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާއަށް ގިނަ ދުވަހު ހިދުމަތް ކޮށްދިން ފަރާތްތަކަށް ދޭ ހަޔާތީ އަރުތައިގެ އެވޯޑު: އަހުމަދު ޒާހިރު (ހިރިގާ)އަށެވެ. ހިރިގާއަކީ ނެކްސްޓް މީޑިއާގެ ކޯފައުންޑަރުގެ އިތުރުން އެ މީޑިއާ ގުރޫޕުގެ ދަށުން ހިންގާ ދައުރު ނޫހުގެ މެނޭޖިން ޑިރެކްޓަރެވެ.

ދެ ކިޑްނީ ފެއިލްވެ، ސިއްހީ މައްސަލަ ތަކެއް ތަހައްމަލު ކުރަމުންވެސް ހިތްވަރާއެކު ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކޮށް، ގިނަ ހިދުމަތްތަކެއް ކޮށްފައިވާތީ، ކުޅިވަރު ނޫސްވެރިޔާ ސާއިދު އަހުމަދަށް އެމްއެމްސީން ހިތްވަރު ދިނުމުގެ ގޮތުން އެވޯޑެއް ދީފައި ވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!