ޚަބަރު
ރައީސްޔާމީން އުފައްދަވާ ޕާޓީގެ މުވައްސިސަކަށް ދަރިކަލުން

ޕީޕީއެމް ކޯލިޝަނާ ދުރަށް ޖެހިވަޑައިގެން ސިޔާސީ މަސައްކަތް ކުރެއްވުމަށް އެ ކޯލިޝަނުގެ ކުރީގެ ލީޑަރު އަދި ރައީސް ޔާމީން އުފައްދަވާ އާ ސިޔާސީ ޕާޓީ, ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް މުވައްސިސެއްގެ ގޮތުގައި ދަރިކަލުން ޒޭންގެ ނަންފުޅު ހުށަހަޅުއްވައިފިއެވެ.

ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގައި އޮތް ބައްދަލުވުމަށްފަހު އެޕާޓީ އުފެއްދުމަށް އެންމެ އިސްކޮށް އުޅުއްވާ މަލީހު ވިދާޅުވީ މިއަދު ޕާޓީ އުފެއްދުމުގެ ހުއްދައަށް ޔާމީން އެދިވަޑައިގެންނެވީ 8 މުއައްސިސުންނާއި އެކު ކަމަށެވެ. ނަމަވެސް ޤާނޫނު ބުނަނީ ޕާޓީ އުފެއްދުމަށް މުއައްސިސެއްގެ ގޮތުގައި ހުރެވޭނީ އެންމެ ބޭފުޅަކަށް ކަމަށެވެ. އެހެންކަމުން އެޕާޓީ އުފެއްދުމުގެ ހުއްދަ ދޫކުރުމަށް އެދުނީ ރައީސް ޔާމީންގެ ދަރިލުން ޒޭންގެ ނަމުގައި ކަމަށް މަލީހު ވިދާޅުވިއެވެ.

ޔާމީންގެ ފަރާތުން މުއައްސިސުންގެ ގޮތުގައި ހުށަހެޅި ނަންތައް:

 • 1. ޔާމީން
 • 2. ޑރ. ޖަމީލް
 • 3. ޒޭން
 • 4. ހުސެއިން ވަހީދު
 • 5. މުސްތަފާ
 • 6. އަދުލީ
 • 7. ޑރ. ޖިހާދު
 • 8. އަލީ އާދަމް

މަޖިލީހު ވިދާޅުވީ ޑީޖޭއޭއިން ކުށުގެ ރެކޯޑު ސާފުވުމާއިއެކު ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދޭނެކަމަށެވެ. އަދި ޕާޓީ އުފެއްދުމުގެ ހުއްދަ ލިބުމާއިއެކު އެންމެ އަވަހަށް ރާއްޖޭގައި އުފެއްދޭ ޕާޓީއަކަށް އެޕާޓީ ވެގެންދާނެކަމަށެވެ. އޭނާ ވިދާޅުވީ މަޖިލިސް އިންތިޚާބާއި، މާލޭގެ މޭޔަރުގެ ގޮޑިއަށްވެސް އެޕާޓީން ވާދަ ކުރާނެކަމަށެވެ.

ޕީޕީއެމުން ވަކިވެ، އާ ޕާޓީއެއް ހެއްދެވުމަށް ރައީސް ޔާމީން ނިންމެވީ ޕާޓީގެ ލީޑާޝިޕުން އެމަނިކުފާނު އެއްފަރާތް ކޮށްފައިވާ ކަމަށް ބުނެއެވެ. ޔާމީންގެ ފަރާތުން ރައީސް މުއިއްޒަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު އޭގެ ތެރޭގައި، އެމަނިކުފާނުގެ ފޯނު ކޯލަށް ރައީސް ޖަވާބު ނުދެއްވުމާއި ޖަލު ހުކުމުން މިނިވަން ނުކުރުން ހިމެނެއެވެ.

ޔާމީނުގެ އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މި ޕާޓީއާއެކު ނުކުމެ ކާމިޔާބު ކުރުމެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!