ޚަބަރު
ޔޫތު އެމްޕަޔަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރަކަށް މަލްޝާ ޝަރީފް

ޔޫތް އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރުކަމުގެ މަޤާމަށް ކުރިން މާލެ ސިޓީ ކައުންސިލްގެ މީޑިއާ އޮފިސަރުގެ މަޤާމުގައި ހުންނެވި މަލްޝާ ޝަރީފް މިއަދު އައްޔަނުކުރައްވައިފިއެވެ.

ޔޫތް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރުކަމާއި ހަވާލުވެވަޑައި ގަތުމަށް މަލްޝާ ވަނީ މާލެ ސިޓީ ކައުންސިލްގެ މީޑިއާ އޮފިސަރުކަމުން އިސްތިއުފާ ދެއްވައިފައެވެ.

މަލްޝާއަކީ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން 2016 ވަނަ އަހަރު ޑިޕްލޮމާ ހާސިލް ކުރައްވައި، 2018 ވަނަ އަހަރު ބިޒްނަސް މެނޭޖްމަންޓް އެންޑް މާކެޓިންގެ ދާއިރާއިން ޑިގްރީ ހާސިލް ކުރައްވައިފައިވާ ބޭފުޅެކެވެ.

މަލްޝާ ވަނީ މީގެ ކުރިން ސިޓީ ކައުންސިލްގެ މީޑިއާ އޮފިސަރުގެ މަޤާމުގެ އިތުރުން ޕީއެސްއެމްގައި މާކެޓިން އެންޑް ސޯޝަލް މީޑިއާ އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ކެމްޕޭނުގެ ތެރޭގައި ރައީސް މުޢިއްޒު އިންތިޚާބު ކުރެއްވުމަށް މަލްޝާ ވަނީ ބުރަ މަސައްކަތްތަކެއް ކުރައްވައިފައިވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!