ޚަބަރު
ޕީއެންސީއަށް 18000 މެމްބަރުން ހަމަކޮށް އިލެކްޝަނަށް ހުށައަޅައިފި

ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއަށް 18،000 މެންބަރުން ހަމަކޮށް އިލެކްޝަނަށް ހުށައަޅައިފިއެވެ.

މިއަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވީ ޕީއެންސީގެ ޓިކެޓްގައެވެ. އިންތިޚާބު ވުމަށްފަހު ޕީއެންސީން ވަނީ އެޕާޓީގެ ރައީސަކީ، ރައީސް ޑރ. މުއިއްޒު ކަމަށް ކަނޑައަޅާފައެވެ. އަދި ނައިބް ރައީސަކީ ހުސެއިން މުހައްމަދު ލަތީފް ކަމަށް ކަނޑައަޅާފައެވެ. ޕީއެންސީގެ ޗެއާޕާސަނަކީ ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރ އަބްދުއްރަހީމެވެ.

ޕީއެންސީން ދަނީ އެޕާޓީގެ މެމްބަރުންގެ އަދަދު އިތުރުކޮށް، 10،000 އަށްވުރެ އިތުރު ކުރުމަށް މީގެ ދުވަސްކޮޅެއް ކުރިން މަސައްކަތް ފަށާފައެވެ. މިމަސައްކަތުގައި މިހާތަނަށް އެޕާޓީން ވަނީ 10،000 އަށްވުރެ ގިނަ މީހުންގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ. އަދި މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު ގެންދަނީ އެޕާޓީއާއި ގުޅެމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ، ޕީއެންސީގެ ގިނަ ޢަދަދެއްގެ ފޯމު އެކޮމިޝަނަށް ލިބިފައިވާކަމަށެވެ. އެގޮތުން މިހާތަނަށް ފަސް ހާހަށްވުރެ ގިނަ ފޯމު ޕްރޮސެސްކޮށް ނިމިފައިވާކަމަށާއި، ޕްރޮސެސް ނުކޮށްވެސް ފަސް ހާހަށްވުރެ ގިނަ ފޯމު އެބަހުރިކަމަށެވެ.

އެހެންކަމުން ޕީއެންސީން އީސީއަށް ހުށައަޅާފައިވާ ފޯމުގެ ޢަދަދު ދިހަ ހާހަށް ވުރެ އިތުރެވެ. މިއާއެކު ބަޖެޓު ފާސްކުރުމުގެ ކުރިން ފޯމުތައް ޕްރޮސެސްކޮށް ނިމި އެޕާޓީގެ މެންބަރުންގެ އަދަދު 10000 ހަމަވާނަމަ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން އެޕާޓީއަށް ފައިސާ ލިބޭނެއެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މަޖިލީހުގައި މިހާރު ދިރާސާކުރަމުން ގެންދާއިރު، މިމަސް ނިމުމުގެ ކުރިން ފާސްކުރާނެއެވެ.

ސިޔާސީ ޕާޓީތަކާ ބެހޭ ޤާނޫނުގައި ބުނެފައިވަނީ ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ލިބޭނީ އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓަރީކުރެވިފައިވާ ޕާޓީތަކުގެ ތެރެއިން 10,000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަނިކަމަށެވެ. އަދި ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނީ ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ހިނގަމުންދާ އަހަރު ފާސްކުރުމުގެ ކުރިން އެ އަދަދަށް މެންބަރުން ހަމަވާނަމަކަމަށެވެ.

މިވަގުތު އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރު ދައްކާގޮތުގައި އެޕާޓީގައި ތިބި މެންބަރުންގެ ޢަދަދަކީ 3159އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!