ޚަބަރު
ބަޖެޓް ބަހުސް ނިންމައި، ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ދައުލަތުގެ ބަޖެޓުގެ ބަޙުސް މަރުޙަލާ ނިންމަވާލައިފިއެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ބަހުސް ފަށްޓަވާފައި ވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަހުސްގެ ފުރަތަމަ ބުރުގައި ކޮންމެ މެމްބަރަކަށްވެސް 15 މިނެޓު ބަޖެޓަށް ބަހުސް ކުރެއްވުމަށް ވަނީ ދެއްވާފައެވެ. ބަޖެޓް ދިރާސާކުރައްވާ ކޮމެޓީން ބަޖެޓްގެ މަސައްކަތްތައް ނިންމާލައްވާ މަޖިލިސް ތަޅުމަށް ހުށަހެޅުއްވުމުން ކޮމެޓީ ރިޕޯޓަށް ބަހުސް ކުރެއްވުމަށް ރިޔާސަތުން ހުޅުވާލާނެއެވެ. އެގޮތުން އެ ފުރުޞަތުގައި ކޮންމެ މެމްބަރަކަށްވެސް 7 މިނެޓުގެ ފުރުޞަތެއް ދޭނެެއެވެ.

އަންނަ އަހަރުގެ ބަޖެޓްގައި 13.2 ބިލިއަން ރުފިޔާ ކެޕިޓަލް ޚަރަދުގެ ގޮތުގައި ކަނޑައަޅާފައިވާއިރު، ކެޕިޓަލް ޚަރަދުގެ 60 އިންސައްތަ ހޭދަކުރެވޭނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމަށް ނުވަތަ ޕީ.އެސް.އައި.ޕީ އަށްކަން ފާހަގަކޮށްލެވެއެވެ. އަންނަ އަހަރަށް ލަފާކުރައްވާފައިވާ ބަޖެޓު ޑެފިސިޓަކީ 304 މިލިއަން ރުފިޔާއެވެ. މިއީ ޖީ.ޑީ.ޕީގެ 0.5 އިންސައްތައެވެ.

އަންނަ އަހަރުގެ ބަޖެޓަށް ބަހުސްކުރެއްވި ގިނަ މެމްބަރުން ވަނީ، ބަޖެޓަށް ތާއީދުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ބަޖެޓަށް ތާއީދުކުރެއްވި މެމްބަރުން ވަނީ މިބަޖެޓަކީ ތަރައްޤީގެ މަޝްރޫޢުތައް ގިނަ ބަޖެޓެއްކަން ފާހަގަކުރައްވާފައެވެ. އަދި މިއީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރާނެ ބަޖެޓެއްކަންވެސް މެމްބަރުން ފާހަގަކުރެއްވިއެވެ. ބަޖެޓާމެދު ފާޑުވިދާޅުވެ ވާހަކަފުޅުދެއްކެވި މެމްބަރުން ވަނީ، މިބަޖެޓަށް ބައެއް އިޞްލާޙުތައް ގެންނަންޖެހޭކަން ފާހަގަކުރައްވާފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!