ޚަބަރު
ސްޓެލްކޯގެ އެމްޑީ އަކަށް އެކުންފުންޏަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ފަހުމީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް އެ ކުންފުންޏަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ހުސެއިން ފަހުމީ އައްޔަނުކޮށްފި އެވެ.

ސަރުކާރުގެ ކަރަންޓު ކުންފުނި ސްޓެލްކޯގެ އެމްޑީގެ މަގާމަށް ފަހުމީ އައްޔަނު ކުރީ މިއަދު އެވެ. މަގާމާއި ހަވާލުވެ، ފަހުމީ ވަނީ އޭނާ ކުންފުންޏާއި މެދު ބަހައްޓަވާ ގާތްކަން ހަމަ އެގޮތުގައި ހިފަހައްޓައި ކުންފުނި ކުރިއަރުވައި އާންމުނަށް ހިދުމަތް ދިނުމުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ސްޓެލްކޯއަށް 1998 އަހަރުން ފެށިގެން ހިދުމަތް ކުރައްވަމުން ގެންދަވާ ފަހުމީ އެންމެ ފުރަތަމަ ކުންފުންޏާ ގުޅުވަޑައިގަތީ އެކައުންޓް އެސިސްޓެންޓް ޓެރެއިނިން އޮފިސަރެއްގެ ގޮތުގަ އެވެ. އެއަށް ފަހު އޭނާ ވަނީ ކުންފުނިއަށް ގިނަ ކާމިޔާބީތައް ހޯދުމުގައި އިސް ރޯލެއް އަދާކުރައްވާފަ އެވެ. އަދި ސްޓެލްކޯގެ އެކި ސެކްޝަންތައް ލީޑު ކުރެއްވުމުގައި މަސައްކަތް ކުރެއްވި އެވެ. މަގާމަށް އައްޔަނު ކުރުމުގެ ކުރިން ހުންނެވީ ކުންފުނީގެ ޖެނެރަލް މެނޭޖަރުގެ މަގާމުގަ އެވެ.

ފަހުމީ ވަނީ ސްޓެލްކޯގެ އެސިސްޓަންޓް ޑިރެކްޓަރުކަމާއި، ޑެޕިއުޓީ ޑިރެކްޓަރެއްގެ މަގާމު އަދާކުރައްވާފަ އެވެ. އަދި ފިނޭންސާއި، ޕްރޮކިއުމަންޓު އަދި ބިލްޑިންގ ދާއިރާގެ އިތުރުން ބިޒްނަސް މެނޭޖެމްންޓުގެ ދާއިރާގެ ސެކްޝަންތަކުގައި ހިދުމަތް ކުރެއްވި އެވެ.

މީގެއިތުރުން ފަހުމީ ވަނީ އިނގިރޭސިވިލާތުން މާސްޓަސް އޮފް އެކައުންޓިން އާއި، ފައިނޭންޝިއަލް ސާވިސަސްއިން އެމްބީއޭ ހާސިލު ކުރައްވާފަ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިދިޔަ ސަރުކާރުން އެންމެ ފުރަތަމަ އައްޔަނު ކުރީ ހަސަން މުޣުނީ އެވެ. އެކަމަކު މިނިސްޓަ އޮފް ސްޓޭޓް ފޯ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމަށް އޭނާ ބަދަލުކޮށް، މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސީ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ޝަރީފެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!