ޚަބަރު
ސްޓެލްކޯއަށް ހެޔޮބަދަލެއްގެ ފެށުން، މަގާމާ ހަވާލުވެ ގަޑިއެއްހާއިރު ތެރޭގައި ތަފާތު ދައްކުވައިދީފި!

މާވެޔޮ މިސްކިތް ކައިރީ މަގުމައްޗަށް ވާގޮތަށް ބަހައްޓާފައިވާ ޓްރާންސްފޯމަރު ހުންނަ ސަރަހައްދަށް ވަޑައިގެން ތަނުގެ ހާލަތު ސްޓެލްކޯގެ އައު މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ބައްލަވާލައްވައިފި އެވެ.

މެނޭޖިންގ ޑިރެކްޓަރުގެ މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގެންނެވިތާ ގަޑިއެއްހާއިރުތެރޭ ހުސައިން ފަހުމީ ވަނީ މާވެޔޮ މިސްކިތް ކައިރީގައި މަގުމައްޗަށް ވާގޮތަށް ބަހައްޓާފައިވާ މިކުންފުނީގެ ޓްރާންސްފޯމަރު ހުންނަ ސަރަހައްދަށް ވަޑައިގެން އެތަން ބައްލަވާލައްވާފައެވެ.

އެ ސަރަހައްދާއި، އެމަގު ބޭނުން ކުރާ ރައްޔިތުންނަށް ތަކުލީފަކަށްވެފައިވާ މި ޓްރާންސްފޯމަރ ބަހައްޓާފައި ވަނީ ކާރޫބާރޫ ބޮޑު ސަރަހައްދެއްގަ އެވެ. އޭގެ ސަބަބުން އާންމުންނާއި އެ ސަރަހައްދުން ދުއްވާ އުޅަނދުތަކަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހެ އެވެ.

ސްޓެލްކޯގެ އެމްޑީ ފަހުމީ ވަނީ އެ ސަރަހައްދަށް ވަޑައިގެން އެ ޓްރާންސްފޯމަރާ ހެދި ވަމުންދާ އުނދަގޫތަކަށް ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންނެވިއެވެ. އޭގެ ސަބަބުން ދިމާވާ ދަތިތަކަށް މައާފަށް އެދިވަޑައިގެން ފަހުމީ ވަނީ އެ ނެގުމުގެ މަސައްކަތް ފަށްޓަވައި އަހަރު ނިމުމުގެ ކުރިން މުޅިތަން އެއްކޮށް ސާފު ކުރެވޭނެކަމަށް ވިދާޅުވެފަ އެވެ.

“ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ދެއްވަމުންގެންދަވާ އެންމެ ބޮޑު އަހައްމިއްޔަތު ކަމަކީ ރައްޔިތުންނަށް ލުއި ފަސޭހަގޮތްތައް ހޯދައިދިނުން. މިއަދު މި ޓްރާންސްފޯމަރު މަގުމަތިން ނެގުމުގެ މަސައްކަތް ފަށާއިރު އިރާދަ ކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން އެ ޓްރާންސްފޯމަރު މަގުމަތިން ނަގައި، އެ މަގު ބޭނުން ކުރާ ފަރާތްތަކަށް އެކަމުގެ ލުއި ފަސޭހަތައް ހޯދަވައިދެއްވާނެ ކަމުގެ ޔަގީންކަންދެން،” ފަހުމީ ވިދާޅުވި އެވެ.

ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ މާވެޔޮމަގު ޓްރާންސްފޯމަރު ކައިރީ….ފޮޓޯ:ސްޓެލްކޯ

މި ޓްރާންސްފޯމަރު މާވެޔޮ މިސްކިތް ސަރަހައްދުގައި ބަހައްޓާފައި ހުންނަތާ ހަ އަހަރު ވަނީ ވެފަ އެވެ.

މާލޭގެ ސަރަހައްދުގައި މިހާރު ބަހައްޓާފައި ހުރި ބައެއް ޓްރާންސްފޯމަރުތައް އަޕްގްރޭޑު ކުރުމަށް ސްޓެލްކޯއަށް ބޭނުންވާ ޖާގަ އިތުރުކޮށްދޭން މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.

ޑިސްޓްރިބިއުޝަން ނެޓްވޯކު ވަރުގަދަ ކުރުމަށް އިތުރު ޓްރާންސްފޯމަރުތައް ބެހެއްޓުމުގެ މަސައްކަތް ކުރިއިރު، ސްޓެލްކޯއިން ވަނީ މާވެޔޮ މިސްކިތް ކައިރީގައި ހުރި ޓްރާންސްފޯމަރު ބަހައްޓާ ސަރަހައްދު ކަނޑައެޅިގެން ދިއުމާ އެކު އެ ސްޓޭޝަން އެތަނުން ނަގާނެކަން ފާހަގަކޮށްފަ އެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!