ޚަބަރު
އާސަންދައިގެ އެމްޑީ ކަމަށް އެކުންފުނީގެ ޖެނެރަލް މެނޭޖަރަކަށް ހުންނެވި ޒީނިޔާ

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމަށް އެ ކުންފުނީގައި ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި އާމިނަތު ޒީނިޔާ ހަމަޖައްސައިފިއެވެ.

އާސަންދަ ކުންފުނީގެ އެންމެ ފުރަތަމަ މުވައްޒަފެއްގެ ގޮތުގައި ރަޖިސްޓްރީ ކުރި ސްޓާފްކަމަށްވާ ޒީނިޔާ އަލްފާޟިލާ އާމިނަތު ޒީނިޔާއަކީ އާސަންދަ ކުންފުނީގައި މަސައްކަތް ކުރައްވާތާ އެންމެ ގިނަދުވަސްވީ އެއް މުވައްޒަފުކަމުގައި ވާނެއެވެ. އާސަންދަ ކުންފުނިން ބުނެފައިވާގޮތުގައި 12 ފެބްރުއަރީ 2012ގަ އާސަންދަ ކުންފުނީގެ މެޑިކަލް ޑިރެކްޓަރުގެ މަގާމަށް ވަޑައިގެންނެވި އަލްފާޟިލާ އާމިނަތު ޒީނިޔާ ފަހުން އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަގާމުން ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނަވަނިކޮށް މިއަދު ވަނީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކޮށްފައެވެ.

އާސަންދަ ސްކީމް ހިންގެވުމަށް ތަފާތު އެތައް މަސައްކަތްތަކެއް މިހާތަނަށް ކުރައްވާފައިވާ ޒީނިޔާ ވަނީ އާސަންދަ ކުންފުނީގެ މެޑިކަލް ޑިޕާޓްމަންޓާއި އެވެއަރނެސް ޑިޕާޓްމަންޓާއި ކަސްޓަމަރ ސަރވިސް ސެކްޝަނާއި ޕަބްލިކް ރިލޭޝަންގެ އިތުރުން ބިޒްނަސް ޑިވެލޮޕްމަންޓް ސެކްޝަންގެ މަސައްކަތްތައްވެސް ބަލަހައްޓަވާފައެވެ. އާސަންދަ ކުންފުންޏަށް ވަޑައިގެންނެވުމުގެ ކުރިން، އަލްފާޟިލާ އާމިނަތު ޒީނިޔާވަނީ ޑިޕާޓްމަންޓް އޮފް ޑްރަގް ޕްރިވެންޝަން އެންޑް ރިހަބިލިޓޭޝަން (މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ) ގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމު އަދާކުރައްވާފައެވެ.

އަލްފާޟިލާ އާމިނަތު ޒީނިޔާ ވަނީ ދިގުމުއްދަތަކަށް ނަރުހެއްގެ އެކިއެކި މަޤާމުތަކުގައި ސެންޓްރަލް ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާފައެވެ.

2008 ވަނަ އަހަރު ޑަބްލިއު.އެޗް.އޯ އިން ލިބުނު ސްކޮލަރޝިޕެއްގައި، އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ވޮލޮންގޮންގްއިން މެންޓަލް ހެލްތު ނަރސިންގ އިން މާސްޓަރސް ޙާސިލް ކުރެއްވުމަށްފަހު ރާއްޖެވަޑައިގެން، ހެލްތު މިނިސްޓްރީގެ ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތް އެންޑް ޑިޒީޒް ކޮންޓްރޯލް ޑިޕާޓްމަންޓްގައި، ޕަބްލިކް ހެލްތް ޕްރޮގްރާމްގެ ކޯޑިނޭޓަރގެ މަގާމުވެސް ފުރުއްވާފައިވެއެވެ.

ހޮސްޕިޓަލްގެ ކްލިނިކަލް މަސައްކަތް ދޫކުރައްވާ މެނޭޖްމަންޓް ދާއިރާއިން ކުރިއަށް ވަޑައިގެން އަލްފާޟިލާ އާމިނަތު ޒީނިޔާވަނީ 2019 ގައި ޔުނިވަރސިޓީ އޮފް ވެސްޓް އޮފް އިންގްލޭންޑް، ބްރިސްޓޯލްއިން މާސްޓަރ އޮފް ސައިންސް އިން ޕަބްލިކް ހެލްތު ޙާސިލް ކުރައްވާފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!