ޚަބަރު
ރައީސް ވައުދުވި ގޮތަށް ފްލެޓަށް ހަރަދުކުރި ފައިސާ ލިބޭނެކަމުގެ ޔަގީންކަން އަރުވަން: ފަޒުލް

ރިޔާސީ ކެމްޕެއިން ގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވައުދުވި ގޮތަށް ހިޔާ ފްލެޓް ނިންމުމަށް ފްލެޓްގެ ވެރިން ހަރަދު ކުރި ފައިސާ އަނބުރާ ލިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ފަޒުލް މިހެން ވިދާޅުވީ ފްލެޓް ނިންމަން ހަރަދު ކުރި ފައިސާ ނުދޭ ގޮތަށް ސަރުކާރުން ނިންމައިފި ކަމަށްބުނެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އެހެން ބުނަމުންދަނިކޮށް އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަޒުލް އައްޔަން ކޮށްފައިވަނީ މިއަދު ވަގުތެއްގައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓް ތަކުގެ ވެރިންނަށް ފްލެޓް ނިންމަން ހަރަދުކުރި ފައިސާ އަނބުރާ ލިބޭނެ ކަމަށެވެ. އެއީ ރައީސް ޔާމިންގެ ސަރުކާރުގައި ފްލެޓް ތަކުގެ އަގު ހަމަޖައްސާފައިވަނީ ފިނިޝިން މަސައްކަތް ވެސް ލައިގެންނެވެ. އެހެންނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފްލެޓްތައް ހަވާކުރި އިރު އެމަސައްކަތް ނުނިމެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!