ޚަބަރު
ކޮނޑޭ ސްކޫލް ގައި ގްރޭޑް 9 އުފައްދަނީ

ގއ ކޮނޑޭ ސްކޫލްގައި އަންނަ މަހުން ފެށިގެން ގްރޭޑް 9 އުފައްދައި ކިޔަވައިދިނުމަށް ތައްޔާރު ވަމުންދާ ކަމަށް ކޮނޑޭ ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ކިނާނަތު ގާސިމް ވިދާޅުވެެއްޖެއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ކިނާނަތު ވިދާޅުވީ އެސްކޫލްގައި ގްރޭޑް 9 އަލަށް އުފެއްދުމަށްފަހު ކިޔަވައި ދިނުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ނިންމެވީ ހުޅުމާލޭ ހުރަވި ސްކޫލްގެ ޚާއްޞަ މުދައްރިސުން ބޭނުން ކޮށްގެން ވަރޗުއަލް ކޮށް ކިޔަވައިދޭ ކްލާހެއްގެ ގޮތުގައި ކަމަށާއި ދަރިވަރުން އެހެން ކުދިންނެކޭވެސް އެއްފަދައިން ޔުނިފޯމްގައި ސްކޫލަށް ނުކުންނާނެ ކަމަށެވެ.

“ސްކޫލް ގެ ގަޑިތަކަށް ދަރިވަރު ނުކުންނާނެ ކްލާހުގައި ޓީޗަރަކުވެސް ހުންނާނެ އެކަމަކު ވަރޗުއަލް ކޮށް ކިޔަވައިދޭނީ ހުރަވި ސްކޫލްގައި މިކްލާސްތަކަށް ޚާއްޞަ ކޮށް ތިއްބަވާ އެޑިއުކޭޝަންގެ ޓީޗަރުން” ގއ ކޮނޑޭ ސްކޫލްގެ ޕްރިންސިޕަލް

ކޮނޑޭ ސްކޫލް ގައި މިވަގުތު ކިޔަވައިދެމުން ދަނީ ގްރޭޑް އަށަކާހަމައަށެވެ. އަދި ގްރޭޑް 9 ނުއުފެދި އެގޮތަށް އޮންނަތާ މިހާރު 4 އަހަރު ވެއްޖެއެވެ. އަންނަ މަހުން ފެށިގެން ކޮނޑޭ ސްކޫލްގައި ގްރޭޑް 9 އުފެދުމަކީ ރަށާއި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!