ޚަބަރު
ފަޒުލްގެ ފުރަތަަމަ ދުވަސް، އާބަންކޯ މުވައްޒަފުން ދައްކުވައިދިނީ އުއްމީދީ ބަދަލެއް އައިސްފިކަން!

ރިޔާސީ އާ ދައުރެއް ފެށިގެން ދާއިރު ދައުލަތުގެ ކުންފުނިތައް ހިންގުމަށް ވެރިން އައްޔަންކޮށް، އެވެރިންނަށް ރުހުންދީ މަސައްކަތް ފެއްޓުމަށް ދަނީ ތައްޔާރުވަމުންނެވެ.

އެގޮތުން އާބަންކޯގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރި ފަޒުލް ރަޝީދުއަށް ޕީސީބީން ހުއްދަ ދިނުމުން މަސައްކަތް ފެށުމަށް މިއަދު އާބަންކޯ ހެޑްއޮފީހަށް ދިޔުމުން މުވައްޒަފުންގެ ފަރާތުން ފެނިގެން ދިޔައީ އުއްމީދީ ބަދަލަކަށް ބޭނުންވެފައި ތިބި ކަމެވެ.

ފަޒުލް އަށް މަރުހަބާ ދެންނެވުމަށް ހުރިހާ މުވައްޒަފުން އޮފީހުގެ ދޮރުމައްޗަށް ނިކުމެ ތިބުން ވެގެންދިޔައީ ރައީސް ޑރ މުހައްމަދު މުއިއްޒުވެ ސެލެކްޝަން ރަނގަޅު ކަމަށް މުވައްޒަފުން ބަލައިގަތުމުގެ ނިޝާނެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަޒުލް އައްޔަން ކުރެއްވިއިރު، އޭނާ ވަނީ 2015 ވަނަ އަހަރުން ފެށިގެން ނޮވެމްބަރު، 2018 ގެ ނިޔަލަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާ ކުރައްވައިފަ އެވެ.

އެމްޑަބްލިއުއެސްސީގައި ކާމިޔާބު މަސައްކަތްތަކެއް ފަޒުލް ކޮށްފައިވެއެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަޒުލް އައްޔަނު ކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ މަގާމުގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރިން އުފެއްދި ޕީޕަލްސް އެލަޔަންސް (ޕީއޭ) ގައި ވެސް ފަޒުލް މަސައްކަތް ކުރައްވާފައިވެ އެވެ.

ފަޒުލް މަޖިލިސް މެމްބަރުކަމުން އިސްތިއުފާ ދެއްވާފައިވާތީ މިވަގުތު މަޖިލީހުގައި ތިއްބަވާނީ ޕީއެންސީގެ ދެ މެންބަރުންނެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!