ޚަބަރު
ޕެސްޓްގެ މައްސަލަ ހައިކޯޓަށް
މަޝްހޫރު ރެޕް އާޓިސްޓް އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓް) އާއި އިތުރު ބައެއްގެ މައްޗަށް ދައުލަތުން ކުރި މަސްތުވާތަކެތީގެ ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ޕެސްޓުގެ މައްޗަށް އުފުލި ކެނެބިސް ޓްރެފިކްކުރުމުގެ ދައުވާއާއި ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާއާއި މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާއާއި ކެނެބިސް ބޭނުންކުރުމުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅުއެވެ.

ދައުވާތައް ސާބިތުވި ނަމަ އުމުރަށް ޖަލަށްލުމާ އެކު 100،000 އިން ފެށިގެން 10 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ހުކުމެއް އަންނާނެ މި މައްސަލަ ސާބިތު ނުވާ ކަމަށް ނިންމީ، ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދުއެވެ.

ދައުލަތުން މި ނިމުނު ހަފްތާގައި މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށް ހައިކޯޓުގެ ރަޖިސްޓްރީން ދައްކައެވެ. އެހެންނަމަވެސް އެ މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

މި މައްސަލާގައި، ފުލުހުން ހޯދި ކެނަބިސްގެ ޖުމްލަ ބަރުދަން ކިލޯއަކަށްވުރެ ގިނަ އެވެ. ޕެސްޓާއި އެހެން މީހަކު ބޯޓަކަށް އެރުވި ކަމަށް ބުނާ ފަންކާއެއްގެ ތެރޭގައި ރަބަރު ޕެކެޓަކަށް އެހެން ރަބަރު ޕެކެއްޓެއް ލައި ފޮރުވާފައި ހުރި 242 ގްރާމުގެ ކެނަބިސްވެސް މިމައްސަލައިގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ފެނިފައިވެ އެވެ.

މި މައްސަލަ ސާބިތު ނުވާ ކަމަށް ހުކުމް ކުރިއިރު، ގިނަ ދުވަސްތަކެއް ވަންދެން ޕެސްޓް ހުރީ ބަންދު ކޮށްފައެވެ. ބަންދު މައްސަލަ މަތީ މަރުހަލާގެ ކޯޓުތަކާ ހިސާބަށްވެސް ދިޔައެވެ. އެކަމަކު މައްސަލައިގައި ކުށް ސާބިތު ނުވާ ކަމަށް ކަނޑައެޅުމާއެކު އޭނާވަނީ މިނިވަންކޮށްފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!