ޚަބަރު
މި 5 އަހަރު ތެރޭ ކަރަންޓުގެ 33 ޕަސަންޓު އިއާދަކުރަނިވި ހަކަތައިން އުފެއްދުމަކީ އަމާޒެއް: ރައީސް

ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ކަރަންޓުގެ 33 ޕަސަންޓު އިއާދަކުރަނިވި ހަކަތައިން އުފެއްދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ދުބައީގައި މިހާރު ކުރިއަށްދާ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖުގެ 28 ވަނަ ސަމިޓުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި މިހާރު އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ މިންވަރު ހުރީ ހަތަރު ޕަސަންޓުގައި ކަމަށެވެ. އެ އަދަދު 33 ޕަސަންޓަށް އިތުރުކުރުމަށް 600 މިލިއަން ޑޮލަރު އިތުރަށް ހޯދަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

“ސަރުކާރުގެ އަމާޒަކީ އިއާދަކުރަނިވި ހަކަތައިން 33 ޕަސަންޓު ކަރަންޓު އުފެއްދުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި،” ރައީސް ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވާ “ލޮސް އެންޑް ޑޭމަޖް ފަންޑު” ގެ ބޭނުން ހިފަން ފަށައިގަތުމަށް ގައުމުތަކުން ނިންމި ނިންމުމަށް މަރުހަބާ ދަންނަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ މީގެ ކުރިން ނާންނަހާ ހަލުވިމިނެއްގައިި މޫސުމަށް ބަދަލު އަންނަމުންދާ ކަމަށާއި އެހެންކަމުން ވަކި ގަވާއިދެއްގެ ތެރެއިން ކަންކަން ހަމަޖެހެންދެން މަޑުކުރެވެން ނެތް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ރާއްޖެއިން ބޭރުން މާލީ އެހީ ނުލިބި ރާއްޖެއިން އަމާޒުހިފާއިވާ ލަނޑުދަނޑި ހާސިލުނުވާނެ ކަމަށާއި ދުނިޔޭގެ މާލީ ނިޒާމު މިހާރު ހިނގަމުންދާ އޮނިގަނޑު ބަދަލުކުރަން ޖެހޭ ކަމަށެވެ.

މޫސުމީ ބަދަލުގެ ކަންކަމަށް ފައިސާ ލިބޭނެ ގޮތް ފަސޭހަވާން ޖެހޭނެ ކަމަށާއި ފައިސާ ދިނުމުގައި މިހާރު ބަލަމުންދާ މިންގަނޑުތައް މުރާޖާކުރަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ެއަހްމަދް ރަސީދު

    މީހާގެ އަގުވެއްޓިއްޖެ