ޚަބަރު
އެމްޕީއެލްގެ ހާލަތު ދެނެގަތުމަށް ސީއީއޯ މުޅި ދުވަސް ސައިޓުތަކުގައި!

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް( އެމްޕީއެލް ) ގެ ހާލަތު އިތުރަށް ދެނެގަނެ ކަންކަން ރާވައި ހިންގުމަށް އެމްޕީއެލްގެ ބެލުމުގެ ދަށުގައިވާ ހުރިހާ ސައިޓުތަކަށް ރައީސުލްޖުމްހޫރިއްޔާ އަލަށް އައްޔަނުކުރެއްވި ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ޒިޔާރަތް ކުރައްވައިފިއެވެ.

ވަޖީހުގެ މި ޒިޔާރަތުގައި އެކި ސައިޓުތަކުގައި މަސައްކަތް ހިނގާ ގޮތާއި، އަދި ސައިޓުތަކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނާއި ވަނީ ބައްދަލުކުރައްވާފައެވެ.

ސައިޓުތަކުގެ ހާލަތު ދެނެގަތުމުގެ ކުރިން އެމްޕީއެލްގެ އެތެރޭގެ އެކިއެކި ޑިޕާޓްމަންޓްތަކާއި ބައްދަލުކުރައްވާފައިވެއެވެ. އަދި މުވައްޒަފުންގެ ހުރި ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވާނެކަމަށް ވަޖީހު ޔަގީންކޮށްދެއްވިއެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީހު މިއަދު ވަނީ ތިލަފުށީގައި އެކުންފުނީގެ ސައިޓުގެ މުވައްޒަފުންނާއި ވެސް ބައްދަލުކުރައްވާފައެވެ. އަދި ހުޅުމާލޭގައި އެކުންފުނީގެ ސައިޓުތަކުގެ ހާލަތު ދެނެގަނެ، ސައިޓުތަކުގެ މަސައްކަތް ބައްލަވާފައެވެ.

ވަޖީހަކީ 2013 އިން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް އެމްޕީއެލްގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އޭނާ އެމްޕީއެލްގައި ހޭދަކުރެއްވި ނުވަ އަހަރުގައި ވަނީ އެކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު ކަމާއި ޖެނެރަލް މެނޭޖަރު ކަމާއި އެސިސްޓެންޓް ސީއީއޯކަން ވެސް ފުރުއްވައިފަ އެވެ.

އެމްޕީއެލްގެ ވަޒީފާއަދާ ކުރެއްވުމުގެ ކުރިން އޭނާ ވަނީ ރާއްޖޭގެ ގިނަ ސްކޫލުތަކެއްގެ ޕްރިންސިޕަލްކަމުގެ މަގާމު ފުރުއްވާފަ އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފައިނޭންސް ޑިޕާޓްމެންޓްގައި ވެސް އޭނާ މަސައްކަތް ކުރެއްވި އެވެ.

ވަޖީހު ވަނީ އިނގިރޭސިިވިލާތުގެ އެންގްލިއާ ރަސްކިން ޔުނިވާސިޓީއިން އެމްބީއޭ ހާސިލުކުރައްވާފަ އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!