ޚަބަރު
ރައީސްގެ ރަސްމީ ދަތުރުފުޅުގެ ބަޖެޓް ތަފްސީލު އާންމު ކުރަން ނިންމަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ކުރާ ހޭދަ ހާމަކުރައްވަން އެމަނިކުފާނު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ރަސްމީ ދަތުރުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ޚަރަދުތަކުގެ މަޢުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާކަމަށެވެ.

ރައިސް މިހެން މި ނިންމެވީ، އެމަނިކުފާނު ރައީސްކަމުގެ ހުވާކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެތެރޭގައި ދައުލަތުން ޚަރަދުކޮށްގެންގިނަ ދަތުރުތަކެއް ކުރާކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑު ކިޔަމުން ދަނިކޮށެވެ. އެގޮތުން ވެރިކަމުގެ އެންމެކުރީކޮޅު ތުރުކީވިލާތަށާއި، ޔޫއޭއީއަށް ރައީސް ވަނީ ދަތުރުކުރައްވާފައެވެ.

ރައީސްގެ ރަސްމީ ދަތުރުފުޅުތަކުގެ ޚަރަދު ޢާންމު ކުރަން ނިންމެވުމަކީ ރަނގަޅު ނިންމެވުމެއްކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ރައީސުންގެ ދަތުރުފުޅުތަކުގެ މަޢުލޫމާތު ހޯދުމަށް މަޢުލުމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން ނޫސްވެރިން ރައީސް އޮފީހަށް ހުށައަޅައެވެ. ކުރީ ސަރުކާރުގައި ރައީސްގެ ދަތުރުތަކަށް ގިނަ ޚަރަދުތަކެއް ކުރައްވާފައިވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!