ޚަބަރު
ޒަކާތު ހައުސްއަކާއި މައިކްރޯފައިނޭންސް ބޭންކެއް ގާއިމުކުރަން މަޝްވަރާކޮށްފި
ރާއްޖޭގައި ޒަކާތު ހައުސް ބިނާ ކުރުމާ އަދި މައިކްރޯފައިނޭންސް ބޭންކެއް ގާއިމުކުރުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގެ ރައީސް އާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޝްވަރާކުރައްވައިފި އެވެ.

އެކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވަނީ ރައީސް ޑރ. މުއިއްޒުގެ އަރިހަށް އައިއެސްޑީބީގެ ރައީސް ޑރ. މުހައްމަދު އަލް ޖާސިރު މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުން އޮތީ މިހާރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 28 ވަނަ ސެޝަންގެ ހަވާސާގައި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއެރުވުމާއި ޒަކާތު ހައުސް ބިނާކުރުމާއި ވަގުފް ޕްރޮގްރާމެއް ހިންގުމުގެ އިތުރުން މައިކްރޯފައިނޭންސް ބޭންކެއް ގާއިމު ކުރުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ ރައީސް ޑރ. މުއިއްޒު އާއި އައިއެސްޑީބީގެ ރައީސްގެ މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެ އާއި އެ ބޭންކާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ހިޔާލު ބަދަލުކުރެއްވި ކަމަށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. އަލީ ބިން ޔޫސުފް

    ފައިސާގެ ކަމެއްވިއްޔާ މިހާރު ޝަހީމް ހުންނާނީ ތިތަނަށް ނުގެންގޮސްގެން ވަރަށް ކަޑަވެފައެވެ.