ޚަބަރު
ޔަހުދީ ފައުޖުގެ ގިނަ ޢަދަދެއްގެ ސިފައިން މަރައިލައިފި

ޣައްޒާގެ އެތެރޭގައި ހަރަކާތްތެރިވަމުން ދިޔަ ޔަހޫދީ ފައުޖުގެ ސިފައިންނަށް ޙަމަލަދީ، ގިނަ ޢަދަދެއްގެ ޔަހޫދީން މަރައިލާފައިވާނެ ކަމުގައި ޙަމާސް ޖަމާޢަތުން ބުނެފިއެވެ. އެ ޖަމާޢަތުން ބުނީ ޙަމަލަ ދީފައި ވަނީ ޣައްޒާ ސިޓީގެ ހުޅަނގު އުތުރުގައި އޮންނަ އަލް-ތައްވާމް ކައިރީގައި ފައިމަގުގައި ހަރަކާތްތެރިވަމުން ދިޔަ ޔަހޫދީ ފައުޖުގެ ސިފައިންގެ ބަޔަކަށް ކަމުގައެވެ. އެ ޙަމަލަތަކުގައި ޔަހޫދީ ސިފައިންގެ ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވި ކަމުގައި ވެސް އެ ޖަމާޢަތުން ބުނެއެވެ.

ޔަހޫދީންނާއި ޙަމާސާ ދެމެދު ހަމަލަ ބަދަލު ކުރުން ހުއްޓައިލުމަށް ހެދި އެއްބަސްވުމުގެ މުއްދަތު ޑިސެންބަރު 1 ވަނަ ދުވަހު ހަމަވުމުން ޔަހޫދީ ފައުޖުން އަނެއްކާ ވެސް ވަނީ ޣައްޒާއަށް ބޮންއަޅަން ފަށާފައެވެ. މި ކަމުގެ ރައްދުގައި ޙަމާސުން ވެސް ވަނީ ޔަހޫދީންގެ ރަށްތަކަށް ޙަމަލަ ދޭން ފަށައިފައެވެ.

ޙަމާސުން ފޮނުވައިލި ގިނަ ޢަދަދެއްގެ ރޮކެޓުތައް ޔަހޫދީންގެ ވައިގެ ދިފާޢީ ނިޒާމު ބޭނުންކޮށްގެން ދިފާޢުކުރި ނަމަވެސް، ތެލް އަވީވަށް ކޮންމެ ވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި، ޙަމާސްގެ ވަރުގަދަ ޙަމަލަތަކާ ގުޅިގެން އެ ރަށުގައި އޮންނަ ބެން ގޫރިއޮން ބައިނަލްއަޤުވާމީ ވައިގެ ބަނދަރުގެ އުދުހުންތައް މެދުކަނޑައިލަން ޖެހި، އެ ވައިގެ ބަނދަރު ބަންދުކުރަން ޖެހުނެވެ.

ޔަހޫދީ ފައުޖުން ވެސް މެދުކެނޑުމެއް ނެތި ޣައްޒާއަށް މިސައިލާއި ބޮންއަޅަމުން ދާއިރު، މި ޙަމަލަތައް އަމާޒު ކޮށްފައި ވަނީ ޙަމާސް ޖަމާޢަތުން ބޭނުން ކުރާ ބިންގަރާސްތަކަށް ކަމުގައި ޔަހޫދީ ފައުޖުން ބުނެއެވެ. އަދި، އެ ޖަމާޢަތުގެ ކޮމާންޑު ސެންޓަރުތަކާއި ހަތިޔާރު ގުދަންތަކަށް ކަމުގައި ވެސް ޔަހޫދީން ބުނެއެވެ. ނަމަވެސް، ހަޤީޤަތަކީ، ޔަހޫދީން ބޮންއަޅައި ސުންނާފަތި ކުރަމުން ދަނީ ފަލަސްޠީނުގެ ޢާންމު ރައްޔިތުން ދިރިއުޅޭ ގެދޮރަށެވެ. ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކަށެވެ.

ޙަމާސްއާ ދެކޮޅަށް ކަމަށް ބުނެ ޔަހޫދީ ފައުޖުން ހިންގަމުންދާ އުދުވާނުގައި އެ ޖަމާޢަތުގެ އިސް ކޮމާންޑަރެއް ޝަހީދު ކޮށްލާފައިވާ ކަމުގައި ވެސް ޔަހޫދީން ބުނެއެވެ. އިސްރާޢީލުގެ އަސްކަރިއްޔާގެ އިސް އޮފިޝަލެއް ކަމުގައިވާ ރިޔަރ އެޑްމިރަލް ދާނިއެލް ހަގަރީ ބުނީ ޝަހީދު ކޮށްލާފައި މުޖާހިދަކީ ވިސާމް ފަރްޙާތް ކަމުގައެވެ. އޭނާއަކީ ޙަމާސްގެ ސަޖައްޔާ ފައުޖުގެ އިސް ކޮމާންޑަރެވެ. ނަމަވެސް، ފަރްޙާތް ޝަހީދު ކޮށްލާފައިވާ ކަން ޙަމާސް ޖަމާޢަތުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ 400 ތަނަކަށް ހަމަލަ ދީފައެވެ. މި ހަމަލަތަކުގައި ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދުވެފައިވާ ކަމުގައި ފަލަސްޠީނުގެ ވަފާ ނޫސް އޭޖެންސީ ރިޕޯޓު ކުރެއެވެ. އޭގެ ތެރޭގައި ގިނައީ މައުސޫމު ކުޑަކުދިންނާއި އަންހެނުންނެވެ. ޔަހޫދީންގެ ހަމަލަތައް އަމާޒުކޮށްފައި ވަނީ ޣައްޒާގެ ޝަޖާޢައްޔާ، އަލް-ތުއްފާޙް، އަލް-ޒައިތޫން، އަލް-ޞަބްރާ، އަލް-ޝައިޚް ރިޟްވާން އަދި ތަލް އަލް-ހަވާއާއި ޣައްޒާ ސިޓީގައި ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ކަމުގައި ރިޕޯޓުތައް ބުނެއެވެ.

ޣައްޒާއަށް މެދުކެނޑުމެއް ނެތި ޔަހޫދީ ފައުޖުން ހަމަލަދެމުންދާއިރު، އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 16,000 އަށް އެރުމާ ގާތުގައެވެ. އޭގެ ތެރޭގައި 6,500 އެއްހާ މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ސުންނާފަތި ކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 6,000 އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ބުނެއެވެ. މި އުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,000 އަށް އަރާފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!