ރިޕޯޓް
އެމްޕީއެލްގެ މަސައްކަތްތައް މުޅިން އެހެން ހަރުފަތަކަށް، ސީއީއޯގެ އަމާޒު 2 ދުވަހުގެ މަސައްކަތްތައް 1 ދުވަހުން ނިންމުން!

ދިވެހި ދައުލަތުގެ ކުންފުނިތަކުން ޙިދުމަތް ހޯދުމަށް އެދިވަޑައިގަންނަވާ އާންމު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ލިބެންއެދޭ ހިދުމަތް، ފުރިހަމަ ނުވެ ނުވަތަ ލަހުން ނިމުމެވެ. ޔަގީނުންވެސް އެނގޭ އެއްކަމަކީ ތަނުގައި އެކަށީގެންވާ މަސައްކަތް ކުރުމަށް އެކަށީގެންވާ ވަރަށް މުވައްޒަފުން ތިބޭ ކަމެކެވެ.

ރިޔާސީ އާ ދައުރެއް ފެށިގެން މަސައްކަތްތައް ރާވައި ހިންގަމުން ދާއިރު، ކުރިން ނުފެންނަ ތަފާތު ކަންކަން ފެންނަމުންފާ ކުންފުނިތައް މިހާރުވެސް ފާހަގަ ވަމުން އެބަދެއެވެ. މާނައަކީ ކުރިން ދެމުންއައި ހިދުމަތްތައް ތަކަށްވުރެ އަވަސް ނުވަތަ ތަފާތު ހިދުމަތްތައް ދޭން ތައްޔާރުވަމުންދާ ކަމެވެ.

3000 ގާތްކުރާ އަދަދަކަށް މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަކީ ދިވެހިރާއްޖޭގެ މައި ދޮރާއްޓެވެ. މިއީ ރާއްޖޭގައި އެންމެ ބުރަބޮޑު އެންމެ ބިޒީ އެއް ކުންފުންޏެވެ. ކޮންމެ ގައުމެއްގައިވެސް އެގައުމަކަށް ބޭނުންވާ މުދާ އެތެރެކޮށް، ކްލިއާ ކޮށް ފޮނުވުމަކީ އެގައުމެއްގެ އިގްތިސާދު އެކަމަށް، އެންމެބޮޑަށް ބަރޯސާވާ ކަމެވެ.

24 ގަޑި އިރު އޮޕަރޭޝަން ގައި މަސައްކަތް ކުރަމުން ދާއިރު ރާވައި ހިންގުުމުގައި ރަނގަޅު މާލިމީއަކު ހުރުން އެއީ 48 ގަޑި އިރު ކުރަން ހުންނަ މަސައްކަތް 12 ގަޑިއިރަށްވެސް ބަދަލު ކޮށްލެވޭނެ ކަމެކެވެ.

“އަޅުގަނޑުގެ ސަރުކާރުގައި މަސައްކަތް ކުރާ ހުރިހާ މިނިސްޓަރުންނާއި، ކުންފުނި ތަކުގެ ވެރިން ވާންޖެހެނީ 24 ގަޑި އިރު މަސައްކަތް ކުރެވޭނެ ފަދަ ގާބިލް ބޭފުޅުންނަށް”

މިއީ ނިމިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާ ކަމުގެ މަގާމާއި ހަވާލުވެ ދެއްވި ތަގުރީރެއްގައި ޑރ މުއިއްޒު ރައްޔިތުންނަށް ދެއްވި ޔަގީން ކަމެކެވެ.
މި ދެންނެވި ބީދައިން އެމްޕީއެލްގެ މަސައްކަތްތައް ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް އަތުރާލައިފައިވަނީ އެހާމެ ފުރިހަމަކޮށެވެ. ދުވަހުގެ ރަސްމީ މަސައްކަތްތައް ހެނދުނު 8:00 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވީ ނަމަވެސް ސީއީއޯ ވަޖީހް ރަސްމީ މަސައްކަތް ފެށުމަށް ނިންމާފައިވަނީ ހެނދުނު 7:00 ޖަހާއިރުއެވެ. މުވައްޒަފުން މަސައްކަތައް ނިކުންނަށް އިރު ސީއީއޯ ދުވަހުގެ މަސައްކަތްތައް ރާވާލާފައިވަނީ 48 ގަޑިރުގެ މަސައްކަތް 1 ދުވަހުގެ ތެރޭގައި ނިންމާލެވޭނެހާ ފުރިހަމަ ކޮށެވެ.

އެމްޕީއެލްގައި މެދުނުކެނޑި ގިނަދުވަހު މަސައްކަތް ކޮށްފައިވުމުން ވަޖީހްއަށް، އެމްޕީއެލް ހިންގުމަކީ އުނދަގޫ ކަމަކަށް ނުވެއެވެ. މުވައްޒަފުންނާއި ގާތް ގުޅުމެއް ބާއްވާ ވަޖީހް އަކީ މުވައްޒަފުންގެ ލޯބި ލިބިފައިވާ ބޭފުޅެކެވެ. ގިނަ މުވައްޒަފުން އެދިއެދި ތިބީ ހެޔޮ ބަދަލެއް ބަދަލެއް އަންނާނެ ކަމަށެވެ.
ކުންފުނީގެ ހާލަތު ދެނެގަތުމަށް އެކުންފުނީގެ ބެލުމުގެ ދަށުގައިވާ ހުރިހާ ސައިޓުތަކަށް ޒިޔާރަތް ކޮށް ވަރަށް ކައިރިން މުވައްޒަފުންގެ ކަންބޮޑުވުމާއި ތަނުގެ ހާލަތުވަނީ ދެނެގެންފައެވެ. ވަކިން ހާއްސަކޮށް ކުންފުންޏަށް ގެންނަންޖެހޭ ބަދަލުތައް ވަނީ ފާހަގަކޮށްފައެވެ. އަދި އެބަދަލުތަކާއި އެކު އެމްޕީއެލް ހިންގުން ވެގެން ދާނީ ދެގުނަ އަވަހަށް ހިދުމަތްތައް ލިބިދެވޭ ތަނެއްގެ ގޮތުގައެވެ. ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯއްދަވާނެ ގަދަ އަޒުމެއްގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ވަޖީހް ގެންގުޅުއްވާކަމީ އެކަމުގެ ސާފު ހެއްކެވެ.
ރައީސް ޑރ މުއިއްޒު ވިދާޅުވި ގޮތަށް 24 ގަޑިއިރުގެ އަވަސް ހިދުމަތް އެމްޕީއެލުން ލިބޭނެ ކަމާއި މެދު ރައްޔިތުންން ޝައްކެއް ނުކުރައްވައެވެ.
އަޅުގަނޑުމެން ހުވަދޫ މީޑިއާގެ ފަރާތުން އެމްޕީއެލްގެ ސީއީއީ ވަޖީހް އަށް ފުރިހަމަ ކާމިޔާބީއަށް އެދެމެވެ. ކުންފުންޏަކީ ދިވެހިރައްޔިތުންނަށް ފައިދާ ކުރުވަނި މަސައްކަތްތަކެއް ކޮށްދެއްވާ ކުންފުންޏެއް ކަމުގައި ދެކެމެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!