ޚަބަރު
ގިރިންދާ- މަސްތުން ސާފު މަގެއް ކޮށުމަށް 5މަސް ތެރޭ 100 އަށް ވުރެ ގިނަ އާއިލާ ކައިރިޔަށް! 

މަސްތުވާތަކެތީގެ ނުރައްކާތެރި ބަލީގައި ޖެހިފައިވާ މީހުން އަނބުރާ މުޖުތަމައުއަށް ގެނައުމަށާއި މަސްތުން ސާފް މުޖުތަމަޢުއެއް ބިނާކުރުމަށް އަދި މަސްތުވާ ތަކެތިން މިންޖުވުމަށް ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަގްސަދުގައި އުފެއްދި ގިރިންދާ ޖަމިއްޔާ ވުޖޫދު ވިތާ 5 މަސް ތެރޭ ބޮޑު ކާމިޔާބީ އެއް ހޯދައިފިއެވެ. ގދ ތިނަދޫގެ އިތުރުން ހުވަދު އަތޮޅުގެ 4 ރަށަކަށް ޒިޔާރަތް ކޮށް 105 އާއިލާ އާއި ބަދަލުކޮށްފިއެވެ. އަދި އެ ރަށް ރަށުގައި އިސްވެ ދެނެވި މަގަށް ގެނެވޭ ތޯ އެތައް ޕްރޮގްރާމެއް ހިންގައިފިއެވެ.

އެގޮތުން މަސްތުވާތަކެތީގެ ޝިކާރަ އަކަށް ވެފައި ތިބި މީހުންނާ ގުޅުން ހުރި އާއިލާ ތަކާ ބައްދަލު ކުރުމުގެ އިތުރުން މިހާ ތަނަށް މަސްތުވާ ތަކެތި ބޭނުން ކުރާ 43 މީހަކު ވަނީ ތިނަދޫ ޑިޓޮކްސް ސެންޓަރަށް ގެނެވި ފަރުވާ ދެވިިފައެވެ. އަދި އޭގެ ތެރެއިން 43 މީހުން ވަނީ ފަރުވާ ނިމި މުޖުތަމަޢު އަށް ދޫ ކުރެވިފައެވެ. ޖަމްޢިއްޔާ އިން ދަނީ އެ ފަރާތްތަކަށް ޚާއްސަ ސަމާލު ކަމެއްދީ މޮނީޓަރކިޮށް ބަލަހައްޓަމުންނެވެ.

ގިރިންދާ އިން އެންމެ ފަހުން އައުޓްރީޗް ދަތުރެއްގެ ގޮތުގައި ޒިޔާރަތެއް ކޮއްފައި ވަނީ ގދ ފަރެސްމާތޮޑާ އަށެވެ. ތިނަދޫ ޑިޓޮކްސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގެ އިތުރުން ފަރެސްމާތޮޑާ ކައުންސިލްގެ އިތުރުން އެރަށުގެ ހުރިހާ މުވައްސަސާތަކާ އެ އެންޖީއޯއަށް އެހީ ވާ ކޮމިއުނިޓީ ގްރޫގެ އެހީ އާއި އެއްބާރުލުން ލިބިގެން ކުރި މި ދަތުރުގައި އެ ރަށުގައި ވެސް ހޭލުންތެރިކަން އިތުރު ކުރުމަށް ސެޝަން ތަކެއް ވަނީ ބާއްވާ ފައެވެ. މި ސެޝަން ތައް ކުރިޔަށް ގެންގޮސްފައި ވަނީ ގިރިންދާ ގެ ހިންގާ ކޮމިޓީ ގެ މެމްބަރުންނެވެ. އަދި ފަރެސްމާތޮޑާ އިން ވެސް ފަރާ އަށް ބޭނުންވާ 8 ކުދިން ވަނީ ފަރުވާ ފޯމް ފުރާފައެވެ.

“ގިރިންދާ”ގެ މުއައްސިސުންނަކީ ގދ ތިނަދޫ އަބްދުﷲ ޝާފިޒް(ނިއުޒީލް), ، މުޙައްމަދު ޝަރީފް (ފުސްތުޅާ) ، އާދަމް މަނިކް(މޯމެންޓް)އަދި މުޙައްމަދު ޒާހިރު (މުނިޔާ)އެވެ.

ޖަމްޢިއްޔާގެ ރައީސަކީ މުޙައްމަދު ޖާވިދު( އަސަރީގެ )ނައިބް ރައިސަކީ ހުސައިން އާދަމް( ރިވެލް ފިޝް) އެވެ.

ޖަމްޢިއްޔާގެ މަޤްސަދަކީ މަސްތުވާތަކެތީގެ ބަލީގައި އުޅޭ ކުދިންނާއި މީހުންނަށް އެހީތެރިވުމާއި އެފަދަ ފަރާތްތައް ރަނގަޅު ގޮތުގައި މުޖުތަމަޢުއަށް ނެރެ ސަލާމަތްވެ ތިބުމަށް ފޯރުކޮށްދެވޭނެ ހުނަރާއި މަޢުލޫމާތުދީ ހޭލުންތެރިކަން އިތުރު ކޮށް ދިނުނުމެވެ.

ގިރިންދާ ހޯމް މިނިސްޓަރީ ގައި ރަޖިސްޓަރީ ކޮއްފައި ވަނީ 23 ފެބްރުވަރީ 2023 ގައެވެ.

“ގިރިންދާ” މި ބަހަކީ ކުރީ ޒަމާނުގައި ތިނަދޫގެ ކާބަފައިން ބޭނުންކުރަމުންދިޔަ ބަހުރުވައެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!