ޚަބަރު
ގެސްޓު ހައުސްތައް ފުރިގެން ފަތުރުވެރިން މާލެތެރެއަށް

ގެސްޓު ހައުސްތައް ފުރިގެން އިންޑިއާގެ ފަތުރުވެރިން ވަނީ މުޅި މާލެތެރެއަށް ގިނަވެފައެވެ.

ނަން ހާމަކުރަން ބޭނުން ނޫންފަރާތަކުން ހުވަދޫ ނިއުސް އަށް މަޢުލޫމާތު ދެއްވާފައިވާގޮތުގައި، ގިނައަދަދެއްގެ އިންޑިޔާ ނަސްލުގެ ފަތުރުވެރިން މި ދުވަސްވަރު ރާއްޖެ އައުމާއި ގުޅިގެން މާލޭގެ ވަރަށް ގިނަ ހައުސްތައް ފުރިގެން އަންނަ ކަމަށާއި އަދި މީހުން ދިރިއުޅޭ ގެތަކުގައިވެސް އިންޑިޔާގެ ފަތުރުވެރިން އަންނަނީ ބައިތިއްބަމުންނެވެ. މިގޮތުން މައުލޫމާތު ދެއްވި ފަރާތް ދިރިއުލޭ ގެއަށްވެސް ފަތުރުވެރިންގެ ބަޔަކު ކަމަށެވެ.

ޕީއެސްއެމްގެ ޕްރޮގެރާމެއްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ހުސެއިން އަޒްހަމް ވިދާޅުވީ ޓޫރިސްޓުން އަންނަ މިންވަރު އިތުރުވެފައިވާއިރު އާއްމުންގެ ގެތަކުގައި ޓޫރިސްޓުން ބައިތިއްބާ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށާއި މިގޮތަށް ތިބޭ ޓޫރިސްޓުން ގެސްޓު ހައުސްތަކަށް ބަދަލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
“ޓޫރިސްޓުން ބޭތިއްބޭނީ މިނިސްޓްރީން ހުއްދަ ދޭ ފަރާތްތަކަށް އެކަނި. އެހެން ނޫން ކަމަށްވާ ނަމަ ހާއްސަކޮށް ކޮވިޑްގެ މިދަނޑިވަޅުގައި އެއީ އެންމެންގެ ސަލާމަތަށް ނުރައްކާތެރިވެދާނެ ކަމެއް. މިގޮތަށް މިކަން ކުރާތީ އަޅުގަނޑުމެންގެ އަތޮޅުތެރޭގެ ޕޮލިސް ސްޓޭޝަންތަކުން މިހާރު ވެސް މަސައްކަތަކެއް އެބަ ކުރޭ، އެގޮތަށް ތިބި ފަތުރުވެރިން ބުކިން ހަދާފައި ގެސްޓް ހައުސްތަކަށް ބަދަލު ކުރަން. ގްރޭޓާ މާލޭ އޭރިއާގައި ވެސް އެގޮތަށް ދިމާވާ ކޭސްތަކުގައި ޓޫރިސްޓުން ގެސްޓު ހައުސްއަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ،” ޕީއެސްއެމްގެ ޕްރޮގެރާމެއްގައި ވާހަކަ ދައްކަމުން ހުސައިން އަޒްހަމް ވިދާޅުވިއެވެ.
އެޗްޕީއޭއިން ނެރެފައިވާ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓު ހައުސްތަކުގައި ތިބެވޭނީ ކޮވިޑް-19ގެ ވެކްސިން ފުރިހަމަ ކޮށްފައިވާ ޓޫރިސްޓުންނަށެވެ. ވެކްސިން ފުރިހަމަ ނުކުރާ ޓޫރިސްޓުންނަށް ޗެކިން ކުރެވޭނީ އާބާދީގެ 60 ޕަސެންޓު ވެކްސިން ފުރިހަމަ ކޮށްފައިވާ ރަށްތަކުގެ ގެސްޓު ހައުސްތަކަށް އެކަންޏެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!