ޚަބަރު
ރައްޔިތުންނަށް އިތުރު ލުއިފަސޭހައެއް: ސޯޝަލްހައުސިންގ ޖޫރިމަނާތައް މާފުކޮށްދެނީ

ރައީސް ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް ސޯޝަލް ހައުސިންގެ ޖޫރިމަނާތައް މާފުކޮށްދެއްވާނެކަމަށް ވިދާޅުވެއްޖެއެވެެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކުރިޔަށް ދިޔަ ނޫސްވެިރންގެ ބައްދަލުވުމުގައެވެ.

ރައީސް ޑރ މުއިއްޒު ވިދާޅުވީ ކުރިންވެސް އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް ސޯޝަލް ހައުސިންގެ އެއްވެސް ޔުނިޓެއް ލިބިފައިވާ ފަރާތަކަށް ކުލި ނުދެއްކިގެން ޖޫރިމަނާ އަރާފައި ވާނަމަ އެހުރިހާ ޖޫރިމަނާއެއް މާފުކޮށްދެއްވާނެ ކަމަށެވެ.

“މާލެ ހުޅުމާލެ ވިލިމާލެ އަދި ރާއްޖޭގެ އެއްވެސް ތަނެއްގައު ހެދިފައިވާ އެގްރީމެންޓެއްގެ ތެރެއިން ލިބިފައިވާ އެއްވެސް ސޯޝަލް ހައުސިން ޔުނިޓެއްގެ ކުލި ނުދެއްކިގެން ޖޫރިމަނާ އަރާފައިވާނަމަ އެ ޖޫރިމަނާ މާފުކޮށްދޭނަން،”

“ދެން ހުރި ބާކީ އަދަދުތައް އެގްރީމެންޓް ހެދިފައި އޮތް ފަރާތަކާ އެބޭފުޅަކާ މަޝްވަރާކުރެވިގެން މަހުން މަހަށް ދެއްކޭ ކަހަލަ ލުއި ނިޒާމެއް ހަމަޖައްސަވައި ދެއްވާނެ ކަމަށްވެސް، އެއީ ކަންނޭނގޭ ދެވޭނެ އެންމެ ބޮޑު ލުޔަކަށް ދެވޭނެ، ޖޫރިމަނާއެއް ނޯންނާނެ.” ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ޑރ މުއިއްޒު ވިދާޅުވީ ބޮޑު ވަރަށްބޮޑު އަދަދެއް އޮވެއްޖެނަމަ އެކަންވެސް މަހުންމަހަށް ދެއްކޭކަހަލަ އާ އެއްބަސްވުމެއް ހައްދަވައިދެއްވާނެކަމަށެވެ.

“ވަރަށްބޮޑު އަދަދެއް އޮވެއްޖެނަމަ، އެކަންވެސް މަހުން މަހަށް ދެއްކޭކަހަލަ އާ އެގްރީމެންޓެއް ހަދައިދޭނަން،” ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!