ޚަބަރު
ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުވަން ވައުދުވި 1000 މީހުންގެ ތެރެއިން ފުރަތަމަ 50 މި އަހަރު

ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުވަން ވައުދުވި 1000 މީހުންގެ ތެރެއިން މި އަހަރު 50 މީހަކު ޙައްޖަށް ފޮނުވުމަށް، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް މިއަދު ހަވީރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޙައްޖަށް ދާން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް އޮތް 5 އަހަރުދުވަހުގެ ތެރޭގައި 1000 ފަޤީރުންނަށް ހިލޭ ދެވޭނެ ގޮތަށް ހަމަޖެއްސެވުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެއްކަން ފާހަގަ ކުރެއްވިއެވެ. އަދި މި މަސައްކަތް ފެށްޓެވުމުގެ ގޮތުން މިއަހަރު ފުރަތަމަ 50 މީހުން ފޮނުވާ ގޮތަށް ހަމަޖެއްސެވި ކަމަށާއި، އެކި އަހަރު އެކި އަދަދަށް މީހުން ޙައްޖަށް ފޮނުވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޙައްޖަށް ފޮނުވާ ފަރާތްތައް ކަނޑައަޅުއްވާނެ ގޮތްތަކާ ގުޅޭ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. އެގޮތުން, ސަރުކާރުން މީހުން ޙައްޖަށް ފޮނުވުމުގައި އަމަލުކުރައްވާނީ، ޤައުމުގެ ފަޤީރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ކަނޑައެޅޭ އުސޫލެއްގެ މަތިން ކަމުގައި ވިދާޅުވިއެވެ. އަދި މި އުސޫލު ސަރުކާރު ގެޒެޓްގައި އާންމުކުރެވޭނެ ކަމަށާއި، އުއްމީދަކީ 5 އަހަރަށް އެކަނި ކުރާ ކަމެއްގެ ބަދަލުގައި ދާއިމީ ގޮތެއްގައި ކުރާ ކަމަކަށްވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ޔަޙްޔާ

    ފަޤީރުންގެ ދަފްތަރުގައި ނުޖައްސައި ތިބިނަމަވެސް ފަރުޟު ޙައްޖު އަދާކުރެވޭނެ ތަނަވަސްކަން ނެތް މީހުން ވަރަށް ގިނަ!!
    ޙައްޖަށްނުދެވިފައިވާ ހުރިހައި މީހުން ދެން ރަޖިސްޓްރީ ކުރާނީ ފަޤީރުންގެ ދަފްތަރުގައި ބާ؟
    އަޅުގަނޑުވެސް ބޭނުން 55 އަހަރު ވަނީ އަދިވެސް ފަރުޟު ޙައްޖަށް ދެވޭފަދަ ތަނަވަސް ކަމެއް ނެތް!!!