އީރާނުގެ ފަހުގެ އިންޒާރު ޖޯޑަންއަށް، ދެން އޮތް ޓާރގެޓަކަށް ވެދާނެ!
ޚަބަރު
ޤައުމިއްޔަތުގެ ރޫޙު އާލާ ކުރުމަށް ޤައުމީ ސަލާމުން ސްކޫލްތަކުގެ ސެޝަން ފަށުމަށް ނިންމައިފި

އަންނަ ޖެނުއަރީ މަހުން ފެށިގެން ސްކޫލްތަކުގައި ކިޔަވާދިނުމުގެ ސެޝަންތައް ފަށާނީ، ޤައުމީ ސަލާމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކެބިނެޓް ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކާއި ގުޅޭގޮތުން މަޢުލޫމާތު ނޫސްވެރިންނާ ހިއްސާކުރައްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މިއަހަރުގެ ޑިސެންބަރު ޗުއްޓީއަށްފަހު، ސްކޫލްތައް ހުޅުވޭއިރު، ކިޔަވާދިނުމުގެ ސެޝަންތައް ފަށާނީ ޤައުމީ ސަލާމުންކަމަށެވެ.

މިހާރުވެސް ބައެއް ސްކޫލްތަކުގައި ކިޔަވާ ސެޝަންތައް ފެށުމުގެ ކުރިން ޤައުމީ ސަލާމް ޖަހައެވެ. ނަމަވެސް، އެއީ ޤައުމީ ސަލާމް ޖެހުމަށް ސްކޫލްތަކުން ކަނޑައަޅާ އެއް ދުވަސް ނުވަތަ ދެ ދުވަހެއްގައެވެ. ޢާންމުގޮތެއްގައި ސްކޫލްތަކުން ޖަހަނީ އެސްކޫލެއްގެ ރަސްމީ ލަވައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ ޤައުމިއްޔަތު ދަރިވަރުންގެ ހިތްތަކުގައި ދިރުވާ އާލާ ކުރުމަކީ އެމަނިކުފާނުގެ ކެންޕޭނުތަކުގައި ވެވަޑައިގެންނެވި މުހިންމު ވަޢުދެއް ކަމަށެވެ. މިގޮތުން، ސްކޫލްތަކުގައި ކިޔަވާދޭން ފެށުމުގެ ކުރިން ޤައުމީ ސަލާމް ޖެހުމަކީ ޤައުމީ ރޫޙު އާލާކޮށްދޭނެ ކަމެއް ކަމަށެވެ.

“ރާއްޖޭގެ ސްކޫލްތަކުގައި ސެޝަންތައް ދެން ފަށާނީ ޤައުމީ ސަލާމުން. މިއަންނަ އަހަރު ޑިސެންބަރު ޗުއްޓީއަށް ސްކޫލްތައް ބަންދުވެފައި، ދެން ސްކޫލްތަކުގެ ސެޝަންތައް ފަށާނީ ޤައުމީ ސަލާމުން. އަޅުގަނޑުގެ ވަރަށް ބޮޑު ވަޢުދެއް އެއީ ޤައުމިއްޔަތު ދިރުވާ އާލާ ކުރުން.” ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޤައުމިއްޔަތު ދިރުވާ އާލާ ކުރުމުގެ ގޮތުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެކަމަށް ޚާއްސަކުރައްވާ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ނަމުގައި ވުޒާރާއެއް އުފައްދަވާފައެވެ. މިވުޒާރާއިން އަންނަނީ ޤައުމިއްޔަތާއި ގުޅުންހުރި އެކި މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންނެވެ. އެގޮތުން، ޤައުމިއްޔަތުގެ ބަހާތައް ކިޔަވާދޭ ކޮލެޖެއް އުފެއްދެވުމާއި، ޤައުމިއްޔަތުގެ ޢިލްމުތަކާއި ގުޅޭ ދިރާސާވެރިންގެ ގުރޫޕެއް އުފެއްދެވުމަށް އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!