ޚަބަރު
ދިވެހިންގެ ހިތްތަކުން ޖާގަ ހޯދި ޝިރާނީ ދިވެހި ފިލްމީ ދާއިރާ އަށް ފުން ލޯތްބެއް!

ދިވެހިންގެ ހިތްތަކުން ޖާގަ ހޯދި ގޮތަށް އަދި އަދަށް ދާނދެން ވެސް އެޖާގަ އެގޮތުގައި އެބައޮތޭ ބުނުމަކީ ދޮގަކަށް ނުވަތަ އެހެންފަރާތްތަކަށް ބޭއިންސާފަކަށް ނުވާނެކަން ގައިމެވެ.

އެޒަމާނަކީ ދިވެހިންގެ ތެރޭގައި ދިވެހިންގެމުނިފޫހި ފިލުވައި ދިނުމަށް އިސްނަގައިގެން ކެމެރާ ކުރިމައްޗަށް އަރަން ގިނަ ބަޔަކު ތިބި ޒަމާނެއް ނޫން ވެފައި އާމްދަނީ ހޯދުމަށް އެކަށީގެންނުވާ އިރުވެސް ގިނަ ވަގުތުތަކެއް ދިރިއުޅުމުން ހޭދަކުރަން ޖެހުނު، މިޒަމާނާ އަޅާބަލާއިރު، ދަތިއުނދަގޫތައްވެސް ހުރި ގޮންޖެހުންތައްވެސް ގިނަކަމާއެކުވެސް، ދިވެހިންގެ ވަގުތުތައް ފުރާލަދީ، ހިތްހަމަޖެހުމުގެ ބައިވެރިއަކަށްވި، ޢާއިޝަތު ޝިރާނީއަކީ އެހިނިތުންވުމާއި އެދެލޮލުގެ ތޫނު ނަޒަރަށްޓަކައި ދިވެހިންގެ ތައުރީފް ހުސްކޮށްލެވުނު ބަތަލާއެކެވެ. ކޮންމެ ލަވައެއް ކުޅުނަސް، ނުވަތަ ކިތަންމެ ތަފާތު މިޒާޖެއްގެ ރޯލެއް އަދާ ކުރިކަމުގައިވިޔަސް، ބަސްހުއްޓޭހާ މޮޅު އުކުޅުތަކާއި ހަރަކާތްތައް ހުރި މި ފިލްމީތަރި ދިވެހިންގެ ހިތްތަކުން އަދިވެސް ފިލައިނުދެއެވެ.

ޝިރާނީ ، ފިލްމް ނޮވެމްބަރު ޕްރިމިއަރ ގައި

ދިރިއުޅުމަކަށް ފަށައި އާއިލާއާއެކު ފިލްމީ ދާއިރާއާ ދުރުވެލި ޝިރާނީގެ ފަރި ހަރަކާތްތައް ދައްކުވައިދިން ޓެލެޑްރާމާ “ބަދްނާމް”ގެ އެ ރޯލު މިހިނދު ފެނުނަސް ލޯތައް ތެންމާލާނެއެވެ. ލޯފަން އަންހެންކުއްޖެއްގެ ލޯބީގެ ހަޔާތުގެ ފުރިހަމަ ކުލަތައް ފެނުނު “ލައިލާ”ގައި “ޝާހީއަދާއޭ ތި ޗާލުމޫނެއްހޭ، ޖާދޫގަރެއްހެން ހީވެކަލާ،” މުހާތަބު ކުރާއިރު ޝިރާނީގެ ދެލޮލާއިއޭނާގެ މޫނުން ފެންނަ އެކުލަތަކަކީ ޔަގީނުންވެސް އެއްވެސް ކެމެރާއެއްގެ މޮޅުކަމަކުން ނުވަތައެޑިޓިންގެ ފުރިހަމަކަމަކުން ފެންނަ ކުލަތަކަކާއި އަސަރުތަކެއް ނޫނެވެ. އެކަމަކު ކަށަވަރުންވެސް އެއީ އޭނާގެ އެކްޓިންގެ ފެންވަރު ރަނގަޅުކަމާއި ހަގީގީ ދިރިއުޅުމުގެ އަސަރު ކެމެރާއެއްގެ ކުރިމަތިން ދައްކާފައިވާލެއް ފުރިހަމަކަމުގެ ސާފުހެއްކެކެވެ.

މިއަދުވެސް “މަހޭނެތިދާނޭ، ވެލޯބިން ދިވާނާ. ތިފަރިފަރި މޫނު އުޖާލާ،”ގެ އަޑު އިވުމުން ޝިރާނީގެ ފަރިމޫނާއި މޮޅު ހަރަކާތްތައް ސިފަވެގެންދެއެވެ. އޭގެ ހެއްކަކީ އަދި މިއަދާ ހަމައަށްވެސް އެލަވައިގެ އެކްޓިން އޮތީ އެދުވަހުވެސް އޮތްގޮތަށް ކަމަށްވުމެވެ.

“ނިފާޝާ އައިލަވްޔޫ،” ބުނެލުމުން ހިނިތުންވެ ރަކިވެލި ގޮތާއެކު، ކެންސަރުގެ ވޭން އުފުލަމުން ދިޔަ ފުންއަސަރުގެ ހަނދާން ހިތްތަކުން ފިލާނުދެއެވެ. “ބީވެގެން ދާން މަނޭދެން ކަލާ، ހިތްއުފާވާނެހޭ ދެން ކަލާއާނުލާ” ގެ ކޮންމެ ސީނެއްގައި ޝިރާނީގެ މޮޅު ހަރަކާތްތައް އޭނާގެ ފަރިއަދާތައް އަދިވެސް ހަމައެއޮތީ މަތީ ޖާގައެއްގައިކަން ކަށަވަރެވެ.

ކޮންމެއަކަސް މިހެން ގޮސް ކިތަންމެހާވެސް ގިނަ ވާހަކަތަކެއް މި ބަތަލާއާ ބެހޭ ގޮތުން ދެއްކިދާނެއެވެ. “ހެޔޮހިތުން މަރްހަބާ” ކިޔަމުން ރައްޓެހިންނާއެކު ދަތުރެއްގެ މަޖާ ނަގަމުން މިދާއިރާގައި ފިޔަވަޅު ސާބިތު ކުރުމަށް “ހިތުގާ ދޮރުފަތް ހުޅުވާލައިދީ” ގޮވާލަމުން “މަ ހޭނެތިދާނޭ ވެލޯބިން ދިވާނާ”ގެ ފަރި ނެށުންތަކާއެކު، “ރޭރޭ މަގޭ ހިތަށް ފިނިވާގޮތް ބުނަން،” ހިނިތުންވެ ދިވެހިންގެ ހިތްތަކުން “ވާތީ މަ ކައިރީގާ” ބުނެ ޖާގަ ހޯދާފައި، “ހިތް އުފާ ވާނެހޭ ކަލާ އާނުލާ” ބުނެ، ދިވެހިންނަށް ޝިރާނީ ގެއްލުނީތޯ ސުވާލު އުފެދޭކަން ޔަގީނެވެ.

ދުވަސް ތަކަކަށް ފަހު ޝިރާނީ އަޑެއް ނުއިވެ ހުރުމަށް ފަހު އެންމެ ފަހުން އެޅުވި ދިވެހި ފިލްމު “ނޮވެމްބަރ” ގެ ޕްރީމިއަރ އަށް ފަހު ސޯޝަލް މީޑިއާ އަށް އޭނާ ގެ އަޑާ ފޮޓޯ އަދި ލައިވް ވީޑިއޯ އެއް އާންމު ވި އެވެ. ވަރަށް ގިނަ ބަޔެއްގެ ސަމާލުކަން އެއަށް ލިބުނެވެ. ނޮވެންބަރ ފިލްމާ ދޭތެރޭ ޝިރާނީ ދެކޭގޮތް ކިޔައިދިނެވެ.

“ފިލްމާ ދޭތެރޭ ފިލްމުގެ ސްޓޯރީ އެންމެންގެ ކެރެކްޓާސްވެސް ވަރަށް ނެޗުރަލް، ހީވަނީ އެކްޓިން އެއްނޫންހެން، ހީވަނީ ހަމަ ނެޗުރަލްކޮށް ދެމީހަކު ދިމާވެގެން ވާހަކަ ދައްކާހެން، ދެން ގެޕެއް އައިސްފަ ދެން އެއަންނަ ތަނުގަ މަޖޫ ފެންނަނީ ވަރަށް ތަފާތުކޮށް ޓޯޓަލީ ޑިފަރެންޓް، ހަމަ ވަރަށް މޮޅު އަދި ހަމަ އެކްޓިންވެސް ހަމަ ވަރަށް ރަނގަޅު، ދެން މަޖޫގެ ބައިތައް ހަމަ ވަރަށް ރީއްޗޭ އަދި، ވަކި މަޖޫގެ ބައިތަކެއްނޫން، ހަމަ ޖުމައިލްގެ ބައިތައްވެސް ވަރަށް މޮޅު ޖުމައިލްވެސް، ދެން އަސްލު މީތި ބަލަމުން ދިޔައިރު ވަރަށް އިހްސާސްތަކާ ކުޅެލާ، ހަމަ ވަރަށް ދެރަވޭ ވަރަށް ވަރަށް ހަމަ ރޮވޭ، ހަމަ ފެންކަޅިވި ހަމަ، ހީވަނީ އަމިއްލައަށް ކަމެއް ދިމާވެގެން އުޅޭހެން، އެގޮތަށް ފީލް އައި އަސްލު، ވަރަށް ރީތި،

ދެން އަސްލު އެހެން ފިލްމަކާ އަޅާކިޔާކަށް ނޭނގޭ، މިހާރު ދެން މިފަހަކަށް އައިސް ހަމަ ވަރަށް ޓެކްނިކަލް ގޮތުން ބަލަންޏާ ވަރަށް ތަފާތު ފިލްމުތަކެއް ނުކުމެފަ ވަނީ، އެކަމަކު އެއިން އެއްވެސް ފިލްމެއް ބެލިފަކާ ނެތް، އެހެންވީމަކާ އަޅާކިޔާކަށް ނޭނގޭ، އެކަމަކު މިފިލްމަކީ ހަމަ ރަނގަޅު ފިލްމެއް. ހަމަ ވަރަށް މޮޅު ހުރިހާ ބައެއްވެސް، ކެމެރާވެސް ލޮކޭޝަންތައްވެސް ސީންތައްވެސް  ވަރަށް ރީތި، ދެން ބުނެލަން ބޭނުންވަނީ” ޝިރާނީ ގެ ވާހަކަ ތަކުން އޭނާ ދިވެހި ފިލްމް އިންޑަސްޓްރީ އާއި މެދު ފޮނި އުންމީދު ކުރާ ކަން އެނގުނެވެ. އަދި ކުރިޔަށް އޮތްތާނގައި ދިވެހި ފިލްމު ތައް ބަލާނެ ކަމަށާއި ފިލްމު ބަލަން ސިނަމާ އަށް ދެވޭތޯވެސް ބަލާނަންކަމަށް ބުނި ބުނުން އެއީ ދިން” ސިގްނަލެއް” ކަމަށް ވެސް ވެދާނެ އެވެ.
“އުންމީދު ކުރަން މިއަށްވުރެވެސް ރަނގަޅު ފިލްމުތައް ފެނިގެންދާނެ ކަމަށް. ކުރިޔަށް ހުރީ ވެސް މޮޅު ފިލްމްތައް”ދިވެހި ފިލްމް އިންޑަސްޓްރީ ގެ އެންމެ މޮޅު އެއް ތަރި ޢާއިޝަތު ޝިރާނީ ބުންޏެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. އަސްމާ

    ޝިރާނީ ދެން ކުރަންވާ ކަމކީ ދޭތެރެއަކުން ޓިކްޓޮކް އެއް ހަދާލުން. ފޭނުންނާ ބައްދަލު ކޮށްލަން ޓިކްޓޮކް އިން ލައިވް ވެލުން އޭރުން ސަޅިވާނެ