ޚަބަރު
އިންޓަޕޯލް މެދުވެރިކޮށް އަލީ ވަހީދު ރާއްޖެ ގެންނައުމުގެ މަސައްކަތް ފަށައިފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކޯޓުގެ ހުރުމަތް ކަނޑާލުމާއި ގުޅިގެން ކުރި 2 މަހާއި 12 ދުވަހުގެ ހުކުމް ތަންފީޒު ކުރުމަށް އޭނާ ހާޒިރު ކުރަން މަސައްކަތް ކުރަމުންދަނީ އިންޓަޕޯލް މެދުވެރިކޮށް ކަމަށް ފުލުހުން ބުނެފިއެވެ.

އަލީ ވަހީދުގެ މައްޗަށް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުމަށް އޭނާ ހާޒިރު ކުރަން ފުލުހުންގެ އެހީއަށް އެދޭނެ ކަމަށް މޯލްޑިވްސް ކަރެކްޝަންސް އިން ވަނީ މީގެ ކުރިން ބުނެފައެވެ.

މިއަދު ފުލުހުން ބުނީ އޭނާ ގެނެއުމުގެ މަސައްކަތް ކުރަމުންދަނީ އެ ހުކުމް ތަންފީޒު ކުރުމަށްޓަކައި އިންޓަޕޯލް މެދުވެރިކޮށް ކަމަށެވެ. އަދި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށާއި، ފުލުހުންގެ ފަރާތުން ޕޮލިސް ޓު ޕޮލިސް ކޯޕަރޭޝަން މެދުވެރިކޮށް ވެސް އިތުރަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ފުުލުހުން ބުނެއެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވަމުންދާ މައްސަލައިގެ އަޑު އެހުމުގަައި ބައިވެރިވުމަށް އޮގަސްޓު ދެވަނަ ދުވަހު ރާއްޖެ އައުމަށް އަލީ ވަހީދު އަށް ވަނީ މިދިޔަ ޖުލައި މަހުގެ 15ވަނަަ ދުވަހު ސްޕްރީމް ކޯޓުން ޗިޓް ފޮނުވާފައެވެ.

ނަމަވެސް އެ ދުވަހުގެ އަޑުއެހުމަށް އޭނާ ރާއްޖެ އައިސްފައެެއް ނުވެއެވެ. އެއަޑުއެހުން ފަހުން މިމަހުގެ 11 ވީ އަންގާރަ ދުވަހަށް އޮތީ ލަސްކޮށްފައެވެ. އެހެންނަމަވެސް ކޯޓުގެ އަމުރަށް ގޮންޖަހައި، އަމުރު ބޮލާލާ ޖެހުމަށްފަހު އަލީ ވަހީދު އެދުވަހުގެ އަޑުއެހުމަށްވެސް ރާއްޖެ ވަޑައިގެންފައެއްނުވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!