ޚަބަރު
މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް މާދަމާ ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާދަމާ ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.

އެ ހަވީރު އޮންނާނީ މާދަމާ 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ.

ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މަސްވެެރިންގެ ދުވަހާ ގުޅުވައިގެން އެ ސިނާއަތާއި ގުޅުން ހުރި މައުލޫމާތު ކުޑަކުދިންނާއި ޒުވާނުންނަށް ހިއްސަކޮށް އެ ސިނާއަތާއި މެދު ސްކޫލް ކުދިންގެ މެދުގައި ޝައުގުވެރިކަން އުފެއްދުމަށްޓަކައި “މިފްކޯ ކުޑަ ކުދިންގެ ހަވީރު” ގެ ނަމުގައި މާދަމާ ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ހަރަކާތް އިންތިޒާމް ކުރަނީ މިނިސްޓްރީ އާއި މިފްކޯ ގުޅިގެންނެވެ. އެ ހަވީރުގެ ހޯސްޓިން ޕާޓްނަރަކީ އާބަންކޯއެވެ.

އެ ހަވީރަކީ ހުނަރުވެެރި ހޭލުންތެރި އަދި ޝައުގުވެރިކަމާއިއެކު ކުދިންނަށް ހޭދަކޮށްލެވޭ ވަގުތު ކޮޅަކަށް ހެދުމަށް ގިނަ ކަންތައްތަކެއް ރޭވިފައިވާ ހަވީރެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ބުނި ގޮތުގައި އެ ހަރަކާތަށް ވަންނަ މަގު ހައްސަކުރެވިފައިވަނީ ދިވެހި މަސްވެރިކަމުގެ ތައާރަފެއް ދޭ ވޯކްވޭއެއް ގޮތަށެވެ. އޭގެ އިތުރުން މަސްވެރިކަމާ ގުޅޭ ހުށަހެޅުންތަކާއި ދައްކާލުންތައް ފެނިގެންދާނެ ކަމަށް ބުނެފައިވެއެވެ.

މިނިސްޓްރީން ބުނެފައި ވަނީ އެ ހަވީރުގެ ތެރެއިން ކުރެހުމުގެ މުބާރަތްތަކާއި “ފަސްމީރު ޔަންގް ޝެފް” ގެ ނަމުގައި މުބާރާތެއް އޮންނާނެ ކަމަށެވެ. މުބަރާތުން ހޮވާލެވޭ ކުދިންނަށް ހާއްސަ އިމާނުތަކެއް ވެސް ލިބޭނެއެވެ.

އޭގެ އިތުރުން އެކި އުމުރުފުރާގެ ކުދިންނަށް ބައިވެރިވެވޭނެ ޝައުގުވެރިވާފަދަ ތަފާތު ކުޅިވަރުތަކެއް ކުރިއަށްގެންދާނެ ކަމަށް ބުނެފައިވެއެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށްގެން ކުޅިވަރުތަކެއް ވެސް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!