ޚަބަރު
ޕްރޮޖެކްޓެއް ހިންގާނަމަ އިސްކަންދޭ ގޮތަށް، ކޮންޓްރެކްޓް ހަމަވި 900 މުވައްޒަފުން ފެނަކައިން ދޫކޮށްލައިފި

ޕްރޮޖެކްޓެއް ހިންގާނަމަ އިސްކަންދޭ ގޮތަށް، ކޮންޓްރެކްޓް ހަމަވި  900 މުވައްޒަފުން ފެނަކައިން ދޫކޮށްލައިފި އެވެ.

އޮންލައިން ނޫހެއް ކަމަށްވާ “އަދަދު” ނޫހަށް މައުލޫމާތު ދެއްވަމުން ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ކޮންޓްރެކްޓު އާ ނުކޮށް ދޫކޮށްލި މުވައްޒަފުންނަކީ ޕްރޮޖެކްޓުތަކަށް ނަގާފައި ތިބި މީހުން ކަމަށާއި އެ މީހުންގެ ކޮންޓްރެކްޓު މިދިޔަ މަހުގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ.

މުއާޒް މިއަދު ވިދާޅުވިކަމަށް އެ ނޫހުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ކުންފުނިން ދޫކޮށްލީ 40 ރަށުން ގާތްގަނޑަކަށް 900 މުވައްޒަފުނެވެ.އެއީ ޕްރޮޖެކްޓުގެ މަސައްކަތް ނިމިފައި، ނުވަތަ މަސައްކަތެއް ނެތް ރަށްތައް ކަމަށް ވެސް ބުނެފައި ވެއެވެ.

“އަޅުގަނޑުމެން އެ މުވައްޒަފުން ގާތުގައި ބުނިން، އެރަށުގައި އިތުރު ޕްރޮޖެކްޓެއް ހިންގާނަމަ އިސްކަން ދޭނީ ވެސް އެ މީހުންނަށް ކަމަށް.” ޢަދަދު ނޫހަށް މުއާޒް ވިދާޅުވއެވެ.

ނިމި ދިޔަ އެމްޑީޕީގެ ވެރިކަމުގައި ކުންފުނީގެ މާލިއްޔަތަށް ކުޑަވެސް ބެލުމެއްނެތި ފެނަކައިގެ ވަޒީފާތަކަށް އެތައް ހާސް މުވައްޒަފުން ވައްދާ އޭގެ ތެރެއިން 5000 އަށް ވުރެ ގިނަ މީހުން ވަޒީފާ ދާއިމީ ކޮށް ވަގުތީ އެއްބަސްވުމުގެ ދަށުން 2500 އަށް ވުރެ ގިނަ މީހުން ނަގާފައިވާތީ އާއި ބޮޑު އަދަދަކުން ކުންފުނި ދަރަނިވެރި ވެފައިވާތީ ކުފުނީގެ އާ އެމްޑީ ވަނީ ކަންބޮޑުވުން ފާޅު ކޮއްފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!